ހުޅުމާލޭގައި ވަގުފު އިމާރާތެއް އަޅައިދޭނެ ބަޔަކު ހޯދަން އިއުލާންކޮށްފި އެވެ.

އިސްލާމިކް މިނިސްޓްރީން ރޭ ގެޒެޓްގައި ކުރި އިއުލާނެއްގައި ބުނީ ހުޅުމާލޭގެ ފޭސް އެކެއްގައި އަޅަން ނިންމާފައިވަނީ "ދާރުއް ސަލާމް" ގެ ނަމުގައި 12 ފަންގިފިލާގެ އޮފީސް އިމާރާތެއް ކަމަށެވެ.

އެކަމަށް ޝައުގުވެރިވާ ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތަކަށް ވެސް ޕްރޮޕޯސަލް ހުށަހެޅޭނެ ކަމަށް އިއުލާންގައި ބުނެފައި ވެއެވެ.

އެހެންވެ އެކަމަށް ޝައުގުވެރިވާ ފަރާތްތަކުުން މި މަހުގެ 26 ވަނަ ދުވަހުގެ ކުރިން ބީލަމުގައި ރަޖިސްޓްރީ ކުރުމަށް އިއުލާންގައި ބުނެފައި ވެއެވެ.

މިހާރު ވެސް މާލޭގައި "ދާރުލްއީމާން" ގެ ނަމުގައި ވަގުފު އިމާރާތެއް ހިންގަމުންދާ އިރު ވަގުފުތައް އިތުރުކުރުމަށް މި ސަރުކާރުން ވަނީ ނިންމައިފަ އެވެ.

އަދި އިސްލާމިކް މިނިސްޓަރުކަމާއި ޑރ. މުހައްމަދު ޝަހީމް ހަވާލުވެވަޑައިގެންނެވުމަށްފަހު ވަގުފުގެ ގޮތުގައި މިސްކިތް ބިނާ ކުރުމަށް ހާއްސަ ފުރުސަތުތަކެއް ވަނީ ހުޅުވާލާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން