އަހުޒަމް އަޙްމަދު   16 އޯގަސްޓު 2024 - 18:10
ގައުމީ އެެއާލައިން، މޯލްޑިވިއަންއަށް އޭޓީއާރު ބޯޓުތަކެއް ކުއްޔަށްދޭނެ ފަރާތެއް ހޯދަން އިއުލާންކޮށްފި އެވެ.

މޯލްޑިވިއަންގެ މައި ކުންފުނި އައިލެންޑް އޭވިއޭޝަނުން ކުރި އިއުލާންގައި ބުނީ ހޯދަމުން ދަނީ އޭޓީއާރު-600ގެ ތިން ބޯޓު ކަމަށެވެ.

އަދި އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން އެއްވެސް ސުވާލެއް އޮތް ނަމަ މި މަހުގެ 25ގެ ކުރިން ހުށަހެޅުމަށް ވެސް މޯލްޑިވިއަނުން ވަނީ އެދިފަ އެވެ.

މޯލްޑިވިއަންގެ ފްލީޓް ބަދަލުކޮށް ޒަމާނީކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން މުޅިން އާ އޭޓީއާރު 42-600 މަރުކާގެ މަތިންދާބޯޓެއް މިދިޔަ މޭ މަހުވެސް ވަނީ ގެެނެސްފަ އެވެ.

އޭޓީއާރުގެ މި ބޯޓުތަކުން 50 މީހުންނަށް ދަތުރުކުރެވޭ އިރު މި ބޯޓުތަކަކީ ދަތުރުކުރަން ފަސޭހަ، ޖައްވަށް މަދުން ގޭސް ބޭރުކުރާ ޒާތުގެ ބޯޓުތަކެކެވެ.

މި ސަރުކާރުން ވެރިކަމާ ހަވާލުވި ފަހުން ގައުމީ އެއާލައިނަށް އެންމެ ބޮޑެތި ވައިޑް އެއާކްރާފްޓްތައް ގެނައުމަށް ދަނީ މަސައްކަތް ކުރަމުން ނެވެ. އަދި އެއާއެކު ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ތަރައްގީ ކުރެވިގެންދާނެކަމަށް ވެސް ސަރުކާރުން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން