މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ކުރިއަށް އޮތް ދެ ދުވަހު ވެސް މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް އިން ލަފާކޮށްފިއެވެ.

މެޓް އޮފީހުން ބުނީ މިއަދާއި މާދަމާ މޫސުން ގޯސްވި ނަމަވެސް އަންނަ އާދިއްތަ ދުވަހުން ފެށިގެން މޫސުން ރަނގަޅުވާން ފަށާނެ ކަމަށެވެ. އަންނަ ހަފްތާ އިން ފެށިގެން މޫސުން ރަނގުވުން އެކަށީގެންވި ނަމަވެސް އަންނަ ހަފްތާވެސް ބައެއް ވަގުތުތަކުގައި ތަންކޮޅެއް ވައިގަދަވާނެ ކަމަށް މެޓް އޮފީހުން ލަފާކުރެ އެވެ.

ވައިގަދަވެ އުތުރާއި މެދުރާއްޖެ ތެރޭގެ އަތޮޅުތަކަށް 18 މޭލާއި 28 މޭލަށް ވައި ޖެހޭނެ ކަމަށާއި ދެކުނުގެ އަތޮޅުތަކަށް 15 މޭލާއި 25 މޭލަށް ވައިޖެހޭނެ ކަމަށް މެޓް އޮފީހުން ބުނެއެވެ. އަދި ކަނޑުތައް ގަދަވާނެ ކަމަށްވެސް މެޓް އޮފީހުން ވަނީ ބުނެފައެވެ.

ރާއްޖެއަށް ކުރަމުން އަންނަ ވިއްސާރާ ރަނގަޅު ވެފައި ނުވާތީ، މެޓް އޮފީހުން ވަނީ ތިލަދުންމަތީ އުތުރުބުރިން ފެށިގެން ކޮޅުމަޑުލާ ހަމައަށް ނެރުނު ރީނދޫ ސަމާލުގެ ވަގުތު މިރޭ 00:00 އާއި ހަމައަށް ދަންމާލާފައެވެ.

ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވެފައިވާތީ ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ކަމާ ގުޅޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން