އަލްމަރުޙޫމް މުހައްމަދު ޒާހިރު (އޯކޭ ޒާހިރު)
އަލްމަރުޙޫމް މުހައްމަދު ޒާހިރު (އޯކޭ ޒާހިރު)
އިސްލާޙީ ޙަރަކާތުގައި އިސްކޮށް އުޅުއްވި މުހައްމަދު ޒާހިރު (އޯކޭ ޒާހިރު) ނިޔާވެއްޖެއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ޒާހިރު ނިޔާވީ ސްރީލަންކާގެ އާސިރީ ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް ރޭ ފަތިހު 4:30 ހާއިރު އެވެ.

ޒާހިރަކީ އެމްޑީޕީގެ އިސް ފައުންޑަރުންގެ ތެރޭގައި ހިމެނޭ ބޭފުޅެކެވެ. އޭނާވަނީ އެމްޑީޕީގެ ފޮނަދޫ ދާއިރާގެ ރައީސްކަން ކުރަށްވާފައެވެ. އޭގެ އިތުރުން ރައީސް ނަޝީދުގެ ވެރިކަމުގައި ތިލަފުށީ ކޯޕަރޭޝަންގެ ބޯޑު މެންބަރުކަން ކުރަށްވާފައި ވެއެވެ.

ޒާހިރުވަނީ ތަފާތު ގިނަ ވިޔަފާރިތަކެއްވެސް ކުރަށްވާފައެވެ. އެހެންކަމުން އެކަމުގެ އަގުވަޒަންކޮށް އިގުތިސާދީ މަސައްކަތް ކުރިއެރުވުމުގެ ރޮނގުން، ހިތްވަރު ދިނުމުގެ ގައުމީ އިނާމު 1993 ގައި ޒާހިރަށް ވަނީ ލިބިފައެވެ.

ޒާހިރު ނިޔާވިއިރު އަނތްބަކާއި ނުވަ ދަރިން ދުނިޔޭގައި އެބަ ތިއްބެވެ. ނިޔާވިއިރު ޢުމުރަކީ 76 އަހަރެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން