ޒަކާތު ފަންޑުން ޖުލައިމަހު އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދިނީ ކެންސަރުބަލީގެ މީހުންނަށް ކަމަށް މޯލްޑިވްސް ޒަކާތު ހައުސްގެ ތަފާސް ހިސާބުން ދައްކައިފިއެވެ.
ޒަކާތު ހައުސް އިން މިކަން ހާމަކޮށްފައިވާއިރު މުދަލު ޒަކާތުގެ ގޮތުގައި މިދިޔަ މަހު 15 މިލިއަން ރުފިޔާ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ބަލައިގެންފައިވާ ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.
ރާއްޖޭގެ ޒަކާތު ހައުސް އިން ބުނީ ޖުލައި މަހު ޒަކާތު ފަންޑުން 140 މީހުންނަށް މިލިއަނަކަށްވުރެ ގިނަ ރުފިޔާ އެހީގެ ގޮތުގައި ދޫކޮށްފައިވާ ކަމަށެވެ.
ތަފާސް ހިސާބުތައް ދައްކާ ގޮތުން ޖުލައިމަހު ކެންސަރު ބަލީގެ މީހުންނަށް 373164 ރުފިޔާ އެހީގެ ގޮތުގައި ދޫކޮށްފައިވާއިރު ހިތުގެ އޮޕަރޭޝަންތައް ކުރަންޖެހޭ މީހުންގެ ފަރުވާއަށް 161139 ރުފިޔާ އެހީގެ ގޮތުގައި ވަނީ ދޫކޮށްފައެވެ.
އޭގެ އިތުރުން ކިޑްނީ ބަލީގެ މީހުންނަށް 93291 ރުފިޔާ ދޫކޮށްފައިވާއިރު ސިކުނޑީގެ އޮޕަރޭޝަންތަކަށް 67848 ރުފިޔާ އަދި ޓްރާންސްޕްލާންޓްތަކަށް 50886 ރުފިޔާ ދޫކޮށްފައިވެއެވެ.
އިސްލާމް ދީނުގައި މުދަލު ޒަކާތުގެ ނިޞާބު ހަމަވާ ފަރާތްތަކުގެ މިލްކިއްޔާތުގައި ހުރި މުދަލާއި ފައިސާއިން 2.5 އިންސައްތަ މުދަލު ޒަކާތުގެ ގޮތުގައި ދައްކަން ޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު