ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައާއި ގުޅިގެން މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން 11 އަތޮޅަކަށް ރީނދޫ ސަމާލު ނެރެފިއެވެ.

މެޓުން ރީނދޫ ސަމާލު ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން ވ. އަތޮޅާއި ހަމައަށް (ހއ. ހދ. ށ. ނ. ރ. ބ. ޅ. ކ. އއ. އދ. ވ) މިއަދު ހަވީރު 17:00 އިން ފެށިގެން މިރޭ 22:00 އާއި ހަމައަށް ކަމަށެވެ.

މި ވަގުތުތަކުގައި ބޯކޮށް ވާރޭވެހި، ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް މެޓް އޮފީހުން ލަފާ ކުރެއެވެ.

މިދުވަސްވަރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައާއި ގުޅިގެން މެޓް އޮފީހުން ވަނީ އެކި ފަހަރުމަތިން ރާއްޖޭގެ އެކި ސަރަހައްދުތަކަށް ރީނދޫ ސަމާލު ނެރެފައެވެ. ކަމާބެހޭ އިދާރާތަކުން ވަނީ މި ދުވަސްވަރު މޫސުމަށް ބައްލަވައިގެން ދަތުރުކުރެއްވުމަށް އިލްތިމާސް ކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން