އުއްމީދަކީ އޭޝިއަން ގޭމްސްގައި ރާއްޖެއަށް ފުރަތަމަ މެޑަލް ސާފިންއިން ލިބުން ކަމަށް ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރ މިހެން ވިދާޅުވީ އިއްޔެ ކ. ތުލުސްދޫގައި ފެށި ސާފިން ޗެމްޕިއަން ޝިޕް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. މިނިސްޓަރުގެ ވާހަކަފުޅުގައި ސާފިން ޗެމްޕިއަންޝިޕް މުބާރާތް ރާއްޖެއަށް ވަރަށް މުހިންމު ކަމަށް ފާހަގަކުރެއްވިއެވެ.

އެގޮތުން އެ މުބާރާތުގައި ރާާއްޖޭގެ ސާފަރުން ދައްކާ ނަތީޖާއާއެކު ރައްޖޭގެ ސާފަރުންނަށް ވެސް އޭޝިއަން ގޭމްސްއަށް ކޮލިފައި ވުމުގެ ފުރުސަަތު އެބައޮތް ކަން މިނިސްޓަރ ވިދާޅުވި އެވެ.

ހަމަ އެހެންމެ އޭޝިއަން ޗެމްޕިއަންޝިޕް ރާއްޖޭގައި އޮތުމުން ދިވެހި ސާފަރުންނަށް ގައުމުގައި ބޮޑު "އެޑްވާންޓޭޖް"އަކަށް ވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ސާފިން އެތުލީޓުންނާމެދު ފުރިހަަމަ އިތުބާރު އެބައޮތް ކަމަށެވެ. އަދި އޭޝިއަށް ގޭމްސްއަށް ކޮލިފައިވާނެ ކަމުގެވެސް ޔަގީންކަން އެބައޮތް ކަމަށެވެ.

ހަމަ އެހެންމެ އޭޝިއަން ގޭމްސްގައި ރާއްޖެއިން މެޑަލް ހޯދާ ފުރަތަމަ ކުޅިވަރަކަށް ސާފިން ވާނެ ކަމުގެ އުއްމީދު އެބައޮތް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ރާއްޖެއިން އޭޝިއަން ގޭމްސްގައި މީގެ ކުރިން ވެސް ވާދަ ކޮށްފައިވާ އިރު މެޑަލްއެއް ލިބިފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން