ތ. ވޭމަންޑޫގައި ފުލުހުން މީހަކަށް އަނިޔާކުރި ކަމަށް ބުނާ މައްސަަލައެއް ބަލަން ނިންމައިފި އެެވެ.

ވޭމަންޑޫގައިފުލުހުން މީހަކު ހައްޔަރުކުރަން އުޅުމުގެ ތެރޭގައި އަނިޔާކުރި ކަމަށް ބުނާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި މިހާރު ދަނީ ދައުރު ވަމުންނެވެ.

އެކަމާ ގުޅިގެން އެރަށުގެ ޕޮލިސް ސްޓޭޝަންގެ ކުރިމަތީގައި އަޑުގަދަކޮށްފައި ވެސް ވެއެވެ.

އެކަމާ ގުޅިގެން ފުލުހުން ބުނީ އެ މައްސަލަ އެ އިދާރާގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.

ހައްޔަރުކުރަން އުޅުމުގެ ތެރޭގައި އަނިޔާކުރުމުގެ މައްސަލަތައް މީގެ ކުރިންވެސް ފެންމަތިވެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން