މި ފަސް އަހަރުގެ ތެރޭގައި ހުރިހާ ކައުންސިިލްތަކަށް ފެން ހިއްކާނެ ޕަމްޕްތައް ފޯރުކޮށްދެން ނިންމާފައިވާ ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން ބުނެފި އެވެ.

ރޭ ޕީއެސްއެމްގައި ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީގެ ޗީފް އެކްޒެކިއުޓިވް ހިސާން ހަސަން ވިދާޅުވީ އަތޮޅު ތެރެއާއި މާލޭގައި ވެސް ލިބޭ ގެއްލުން ކުޑަކުރުމަށްޓަކައި މުޖުތަމައު ބާރުވެރިކުރުމަށް ޓަކައި ކުރަންޖެހޭ މަސައްކަތްތަކަކީ ވަރަށް ހާއްސަ އިސްކަމެއް ދީގެންކުރާ މަސައްކަތްތަކެއް ކަމަށެވެ.

އެގޮތުން ފެންހިންދުމަށް ބޭނުންވާ ސާމާނާއި އަލިފާން ނިއްވުމަށް ބޭނުންވާ ވަސީލަތްތައް ކައުންސިލްތަކަށް ފޯރުކޮށްދެމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެގޮތުން ޔުނިސެފް، ވޯލްޑްބޭންކް ޔޫއެންޑީޕީގެ އެހީތެރިކަމާއެކު 62 ރަށެއްގެ ތެރެއިން ކޮންމެ ރަަށަކަށް ދެ ޕަމްޕް ފޯރުކޮށްދިން ކަމަށް ހިސާން ވިދާޅުވިއެވެ.

"އަދި މި އަހަރު ޖަޕާން ސަރުކާރާއެކީގައި ސޮއިކުރެވިފައިވާ އިރާދަ ކުރެއްްވިއްޔާ ރާއްޖޭގެ ހުރިހާ ރަށަކަށް ޕަމްޕް ފޯރުކޮށްދިނުމުގެ މަޝްރޫއެއް ފަށާނަން. ދެން މި ޕްރޮޖެކްޓުގެ ފުރަތަމަ ބައި މި އަންނަ އަހަރުގެ ކުރީކޮޅު އަޅުގަނޑުމެންނަށް ފެށޭނެ. އަދި މިހާރު ކުރިއަށްދާ ފަސް އަހަރު ނިމުމުގެ ކުރިން ފެންބޮޑުވާނެ ހާލަތެއްގައި ބޭނުންކުރާނެ ޕަމްޕާއި ވަސީލަތްތައް ހުރިހާ ރަށެއްގައި ގާއިމުކޮށް ކައުންސިލްތައް ބާރުވެރިކުރުމުގެ މަސައްކަތްކެއް ހިނގާނެ" އޭނާ ވިދާޅުވި އެވެ.

ރާއްޖޭގެ މޫސުން ގޯސްވަފައިވާ އިރު ނިމިގެން ދިޔަ ހަފްތާގައި ބޯކޮށް ވެހުނު ވާރޭއާއެކު ރާއްޖޭގެ 20 ރަށަކަށް ގެއްލުންތައް ލިބުނެވެެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން