އަމާޒަކީ މުޅި ރާއްޖެ ޓެކްނޮލޮޖީއިން ގުޅިފައިވާ ތައުލީމީ ތަނަކަށް ހެދުން ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ ވިދާޅުވެއްޖެ އެވެ.

ޗައިނާގައި ކުރިއަށްދާ "ގްލޯބަލް އެޑިޔުކޭޝަން ކޮންފެރެންސް 2024" ފެށުމުގެ ރަސްމިއްޔާތުގައި މާރިޔާ ރޭ ވިދާޅުވީ އާޓިފިޝަލް އިންޓެލިޖަންސް (އޭއައި) އަދި އެފަދަ އެހެނިހެން ޓެކްނޮލޮޖީތައް ތަޢުލީމީ ދާއިރާގައި ބޭނުންކުރަމުންދާއިރު ސަމާލުވާން ޖެހޭ ބައިވަރު ކަންތައްތަކެއް ހުރި ކަމަށެވެ.

އެގޮތުން ދަރިވަރުންނާއި މުދައްރިސުން އެފަދަ ވަސީލަތްތައް ބޭނުންކުރަމުން ދަނީ ވިސްނުންތެރިކަމާއި ޒިންމާދާރު ގޮތެއްގައިކަން ކަށަވަރުކުރުމަށްޓަކައި އޭއައި ލިޓްރެސީ ފަދަ މާއްދާތައް މުގައްރަރުގައި ހިމަނަންޖެހޭކަމަށް ވެސް އެކަމަނާ ވިދާޅުވި އެވެ.

ހަމަ އެހެންމެ ތައުލީމީ ދާއިރާގައި ޓެކްނޮލޮޖީ ބޭނުންކުރާއިރު، ޓެކްނޮކޮޖީއާއި ގުޅޭ އުސޫލުތަކާއި ގަވާއިދުތައް އުފައްދައި، އެ ގަވާއިދުތައް ތަންފީޒުކޮށް، ޓެކްނޮލޮޖީގެ ސަބަބުން އާންމުންނަށް ލިބިދާނެ ގެއްލުންތަކުން ހިމާޔަތް ހޯދައިދިނުމުގެ މުޙިއްމުކަން ވެސް އެކަމަނާ ވަނީ ފާހަގަކުރައްވާފައެވެ.

"އަމާޒަކީ ޓެކްނޮލޮޖީގެ ވަސީލަތްތައް މެދުވެރިކޮށް، ހުރިހާ ދަރިވަރުންނަށް ހަމަހަމަ ފުރުސަތު ލިބިގެންދާ ތަޢުލީމީ ނިޒާމެއް ޤާޢިމްކޮށް، ދިވެހިރާއްޖޭގެ ރަށްތަކަކީ ޓެކްނޮލޮޖީގެ ޒަރިއްޔާއިން ގުޅި ލާމެހިފައިވާ ތަޢުލީމީ ތަނަކަށް ހެދުން" މިނިސްޓަރު އިތުރަށް ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން