އިލޭންޑުގެ އާ ބޮޑުވަޒީރު ޕެޓޮންގްޓާން ޝިނާވަޓްރާއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މަރުހަބާ ވިދާޅުވެއްޖެ އެވެ.

ތައިލެންޑްގެ ކުރީގެ ބޮޑުވަޒީރު ތަކްސިން ޝިނާވަތުރާގެ ދަރިކަނބަލުން ޕެޓޮންގްޓާން އިންތިހާބުވީ އެގައުމުގެ ކުރީގެ ބޮޑުވަޒީރު މަގާމުން ވަކިކުރުމާ ގުޅިގެން އެ މަގާމަށް ބޭފުޅަކު އިންތިހާބުކުރުމުގެ ގޮތުން ހުކުރު ދުވަހު ބޭއްވި އިންތިހާބު ކާމިޔާބު ކުރުމާ ގުޅިގެންނެވެ. ބޮޑުވަޒީރަކު އިންތިހާބު ކުރުމަށް ބޭއްވި މަޖިލީހުގެ ޖަލްސާގައި ޕެޓޮންގްޓާން ޝިނާވަޓްރާ އިންތިހާބުވީ 319 ވޯޓު ލިބިގެންނެވެ.

އެކަމަނާ ބޮޑުވަޒީރުގެ މަގާމުގެ ހުވާ މިއަދު ކުރައްވައި ވަނީ މަގާމާ ހަވާލުވެވެސް ވަޑައިގެންފަ އެވެ.

އެކަމަނާ އަކީ ތައިލެންޑްގެ ތާރީހުގައި ވެސް އެ މަގާމަށް އިންތިހާބުވެވަޑައިގެންނެވި އެންމެ ޒުވާން ބޭފުޅާ އެވެ.

ރައީސް މުއިއްޒު އެކަމަނާއަށް މަރުހަބާ ވިދާޅުވެ އެކްސްގައި ކުރެއްވި ޕޯސްޓުގައިވެސް އެކަން ފާހަގަ ކުރެއްވި އެވެ.

ރައީސް މުއިއްޒު ވިދާޅުވީ އެކަމަނާގެ ޒައާމަތުގައި ތައިލެންޑްއަށް މުޅިން އާ ފާގަތި ދުވަސްތަކެއް އަންނާނެ ކަމަށެވެ.

އަދި ރާއްޖެއާ ތައިލެންޑްގެ ގުޅުން އިތުރަށް ބަދަހިވެ ދެ ގައުމު ގުޅިގެން މަސައްކަތް ކުރާތައް ދެކެން ބޭނުންވެލައްވާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން