އިންޝުއަރެންސްގެ ތެރެއިން ކާރިސާތަކަށް ދައުލަތުން ބަދަލުގެ ގޮތުގައި ދޭ މިންވަރު ކުޑަ ކުރަން ޖެހޭ ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީގެ ޗީފް އެކްޒެކިއުޓިބް ހިސާން ހަސަން ވިދާޅުވެއްޖެ އެވެ.

ބޯކޮށް ވާރޭ ވެހި ފެންބޮޑުވުމާއި އުދަ އެރުމުގެ މައްސަަލަތަކާއި އަލިފާނުގެ ހަދިސާތައް ރާއްޖޭގައި މިފަހަކަށް އައިސް އިތުރުވެފައިވާ އިރު ގޭގޭގައި ދިރިނޫޅެވިގެން އެތައް ބަޔަކު އެހެން ތަންތަނަށް ބަދަލުކުރަން އޮންނަނީ ޖެހިފަ އެވެ.

އެ ކާރިސާތަކާ ގުޅިގެން ޑިޒާސްޓާ މެނޭޖްމަންޓުން އާއިލާތަކަށް އަބަދުވެސް އެހީތެރިކަން ފޯރުކޮށްދެ އެވެ.

ރޭ ޕީއެސްއެމްއިންގައި ހިސާން ވިދާޅުވީ ކާރިސާތަކާ ގުޅިގެން އަހަރުން އަހަރަށް ދޭން ޖެހޭ ބަދަލުތައް ދިނުމަކީ ކާމިޔާބެއް ނޫން ކަމަށެވެ.

އެހެން ނަމަވެސް އިންޝުއަރެންސް ނިޒާމުގެ ތެރެއިން ރިސްކު އެހެން ފަރާތަކަށް ޓްރާންސްޕާކޮށް ދައުލަތުން ކުރާ ހަރަދުތައް ކުޑަކޮށްފިނަމަ އެއީ ލިބޭނެ ކާމިޔާބީ އެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"އެހެންވީމާ އަޅުގަނޑުމެން އަދިވެސް ވަރަށް ބޮޑަށް މަސައްކަތް ކުރަން ޖެގޭ ރައްޔިތުން އިންޝުއަރެންސަށް އަހުލުވެރިކޮށް މި ފަރާތްތަކުގެ ގެދޮރާއި އަދި މުދަލާއި އަދި މިނޫންވެސް އިންޝުއަރެންސް ފުޅާކޮށް މިއީ ދަނޑުބިމަަށާއި މި ނޫންވެސް ދާއިރާތަކާއި ވިޔަފާރިތައް މީގައި ވީހާވެސް ބޮޑަށް ހިމެނި ގުދުރަތީގޮތުން ކުރިމަތިވާ އަދި މިނޫންވެސް ގޮތްގޮތުން ކުރިމަތިވާ ކާރިސާތަކުން ލިބޭނެ ގެއްލުމުގެ ހެޔޮ ބަދަލެއް އިންޝުއަރެންސް ނިޒާމުގެ ތެރެއިން ނޫނީ ރިސްކު ޓްރާންސްފާގެ ތެރެއިން މި ފަރާރްތަކަށް ލިބުން. މި މަސައްކަތުގައި އަޅުގަނޑުމެންނަށް ގިނަ މަސައްކަތްތަކެއް ކުރެވިއްޖިއްޔާ އެއީ އަޅުގަނޑުމެންނަށް ލިބޭނެ ކާމިޔާބީއެއް." ހިސާން ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން