ޝާން މުހައްމަދު   18 އޯގަސްޓު 2024 - 17:10
ގއ. ކޮލަމާފުށިން ތިން މީހަކު ވެގެން ބަރުދަނުގައި ދެ ކިލޯ ހުރި މާވަހަރެއް ހޮވައިފި އެވެ.

ކޮލަމާފުށި ކައުންސިލުން ބުނާގޮތުގައި މިއަދު އެރަށުގެ ތިން މީހަކު ވަނީ ރަށުގެ ފުއްޓަރު ފަރާތުން ތިން މާވަހަރު ހޮވާފައެވެ. ކައުންސިލުން ބުނީ މި މާވަހަރުތަކަކީ އަސްލު މާވަހަރުތަކެއްތޯ ޔަގީން ކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.

ތިން މީހުންގެ ތެރެއިން ފުރަތަމަ މާވަހަރު ފެނުނީ އެކަކަށް ކަމަށާއި އަނެއް ދެމީހުން އެތަނުން އެތިއެތިކޮޅު ހޮވި ކަމަށް ކައުންސިލުން ބުންޏެވެ.

މާވަހަރަކީ އަގުބޮޑުކޮށް ބޭރުގެ ފަރާތްތަކުން ގަންނަ މައުދަނެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން