ފޮރިން މިނިސްޓަރު މޫސާ ޒަމީރު ރަސްމީ ދަތުރެއްގައި ސައުދީ އަރަބިއްޔާއަށް ވަޑައިގަންނަވަން ނިންމަވައިފި އެވެ.

ފޮރިން މިނިސްޓަރު ޒަމީރު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެމަނިކުފާނު މިއަދު ސައުދީއަށް ފުރާވަޑައިގަންނަވަނީ އެ ގައުމުގެ ސަރުކާރުގެ ދައުވަތަކަށް ކަމަށެވެ.

ޒަމީރު ވިދާޅުވީ މި ދަތުރުގައި ސައުދީގެ ފޮރިން މިނިސްޓަރު ފައިސަލް ބިން ފަރްހާން އަލްސައުދު އާ ބައްދަލުކުރައްވާނެ ކަމަށެވެ. ފައިސަލްގެ އިތުރުންވެސް ސައުދީގެ އިސް އޮފިޝަލުންނާއެކު މަޝްވަރާތަކެއް ކުރިއަށް ގެންދަވާނެ ކަމަށްވެސް ޒަމީރު ވިދާޅުވި އެވެ.

މިއީ މި މަހު ޒަމީރު ސައުދީއަށް ވަޑައިގަންނަވާ ދެވަނަ ފަހަރު ކަން ފާހަގަކުރެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން