ހަންގަނޑު ރައްކާތެރިވުމަށް ސަންސްކްރީން ބޭނުންކުރުމަކީ ވަރަށް މުހިންމުކަމެކެވެ. ހަށިގަނޑުގެ އެހެން ގުނަވަންތަކެކޭ އެއްފަދައިން ހަންގަނޑުގެ ރައްކާތެރިކަމާއި ދުޅަހެޔޮކަން ދެމެހެއްޓުމަށް ސަންސްކްރީން ވަރަށް މުހިންމު ކަމަށް ކަމާ ބެހޭ މާހިރުންގެ އެކި ލިޔުންތަކުންވެސް ފާހަގަވެގެން ދެއެވެ.
އަހަރުމެންގެ ހަންގަނޑަކީ ހަށިގަނޑުގެ އެތެރޭގެ ގުނަވަންތައް ރައްކާތެރިކޮށްދޭ މުހިންމު ގުނަވަނެކެވެ. އަދި ހަށިގަނޑަށް ގެއްލުން ހުރި އަލްޓްރާވައިލެޓް ރޭޑިއޭޝަން އިން ރައްކާތެރިވުމަށް މަސައްކަތްކޮށްދޭ ގުނަވަނެއްވެސްމެއެވެ. މިހެންކަމުން އަލްޓްރާވައިލެޓް ރޭޑިއޭޝަން ނުވަތަ ޔޫވީ ރޭޒް އިން ހަންގަނޑު ރައްކާތެރިކޮށްދިނުމަށް ސަން ސްކްރީން ބޭނުން ކުރަން ޖެހެއެވެ.
ހާއްސަގޮތެއްގައި ގެއިން ބޭރަށް ނިކުންނަ ކޮންމެ ވަގުތަކު، ހަންގަނޑުގައި ސަން ސްކްރީން އުނގުޅުގައި، އިރުގެ އަލިން އަމާޒުވާ އަލްޓްރާވައިލެޓް ރޭޑިއޭޝަން އިން ހަންގަނޑު ސަލާމަތް ކުރުން މުހިންމުވެއެވެ. މިފަދައިން ހަންގަނޑު ރައްކާތެރި ނުކުރާނަމަ ހަމުގެ ކެންސަރު ޖެހުމާއި، ކުލަ ބަދަލުވުމާއި، ހަންގަނޑުގައި އަވަހަށް ރޫޖެހުން ފަދަ ކަންކަން މެދުވެރިވުން އެކަށީގެންވެއެވެ.
ކޮންމެ ދުވަހަކު ސަންސްކްރީން ބޭނުންކުރުމުން ހަންގަނޑަށް ލިބޭނެ ފައިދާތަކަށް ބަލާލާއިރު؛
ސަން ބާން ވުމުން ރައްކާތެރިކޮށްދިނުން
ހަންގަނޑު ދުވަސްވެ، ކުލައަށް ބަދަލު އައިސް ރޫޖެހި ފަދަ ކަންކަން މެދުވެރިވުން ލަސްކޮށްދިނުން
ހަމުގެ ކެންސަރު ޖެހުމުގެ ނުރައްކާ ކުޑަވުން
ހަންގަނޑު ރަތްވެ، ޑްރައިވުން އަދި އިންފްލޭމް ވުމުން ދުރުކޮށްދިނުން
ރަނގަޅު ސަން ސްކްރީނެއް ކޮންމެ ދުވަހަކުވެސް ބޭނުންކުރުން މުހިންމު:
އެކި ބްރޭންޑްތަކުގެ ސަން ސްކްރީން ބާޒާރަށް ނެރިފައިވާއިރު، ރަނގަޅު ސަންސްކްރީން ޕްރޮޑަކްޓެއް ހޯދާލުން އުނދަގޫ ކަމަކަށް ވެދާނެ އެވެ. ރަނގަޅު ސަން ސްކްރީނެއް ހޮވުމުގައި އެންމެ މުހިންމު އެއް ކަމަކީ އެސްޕީއެފްގެ މިންވަރަށް ބެލުމެވެ. އެސްޕީއެފް 30 ނުވަތަ އެއަށްވުރެ މަތީގެ އެސްޕީއެފް އެއް ހިމެނޭ، އަދި ފާޑު ފާޑުގެ ކެމިކަލް ނުވަތަ ފްރެގްރަންސް ނުހުންނަށް ސަން ސްކްރީން ބޭނުން ކުރުން މުހިންމެވެ.
ބޭރުގައި ގިނަ ވަގުތު ހޭދަކުރާނަމަ ކޮންމެ ދެ ގަޑިއިރަކުން އަލުން ސަންސްކްރީން އުނގުޅަންވެސް މުހިންމުވެ އެވެ. މޫދަށް އެރި ފަތާލަން ދާނަމަ، މޫދުން އެރުމަށްފަހު ލޮނުތައް ފޮހެލައި ނުވަތަ ޕޫލް އަށް އެރުމަށްފަހު ފެން ހިއްކާލުމަށްފަހު، އަލުން ސަން ސްކްރީން އުނގުޅާލުން މުހިންމެވެ.

ކިޔުންތެރިންގެ ހިޔާލު