އަހުޒަމް އަޙްމަދު   19 އޯގަސްޓު 2024 - 10:37
ކ. ކާށިދޫގެ މުދިމަކު ޑްރަގާއެކު ހައްޔަރުކޮށްފި އެވެ.

ކާށިދޫ ކައުންސިލަރަކު "ަރަސް"އަށް ވިދާޅުވީ މުދިމު މީހާ ހައްޔަރުކުރީ އިއްޔެ ރޭ ކަމަށެވެ.

އަދި އޭނާގެ ބަންދަށް އިއްޔެ ކާށިދޫ މެޖިސްޓްރޭޓް ކޯޓުން 15 ދުވަސް ޖަހައިފައިވާ ކަމަށް އޭނާ މައުލޫމާތު ދިނެވެ.

މުދިމުގެ އެފަދަ މައްސަލައެއް ފެންމަތިވެ މީގެ ކުރިން އޭނާ ވަޒީފާއިން ވެސް ވަކިކުރި އެވެ. އެގޮތުން އޭނާ ނަމާދުގައި ސޫރަތްތައް ނުބައިކޮށް ކިއުމުގެ މައްސަލަތައް ވެސް ވަނީ ފެންމަތި ވެފައެވެ.

ނަމަވެސް ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން އަލުން ވަޒީފާ ދިނުމަށް ހުކުމް ކުރުމުން މިދިޔަ އޭޕްރީލް މަހު އޭނާ އަލުން ވަޒީފާއަށް ނުކުތީ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން