މަކުނު ވިދުރިއަށް ޓެސްޓުކުރުމާއި ފަރުވާ ދިނުމަށް ވާން ޖެހޭ ތައްޔާރީތައް ވަމުންދާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ބުނެފި އެވެ.

މަކުނު ވިދުރީގެ އާ ވޭރިއަންޓެއް ފެތުރެމުންދާތީ ކަމަށް ބުނެ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯއިން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރީ މިދިޔަ ބުދަ ދުވަހުގެ ރެއެެވެ.

މިއީ ބަލިމަޑުކަމެއް އާދަޔާ ހިލާފަށް ފެތުރިދާނެކަމުގެ ބިރު އޮތުމުގެ ސަބަބުން ދުނިޔޭޣެ ހުރިހާ ގައުމަކަުން ސަމާލުކަން ދީގެން ބަލި ކޮންޓްރޯލްކުރުމަށް ކުރަން ޖެހޭ މަސައްކަތް ކުރުމަށް ޑަބްލިއުއެޗްއޯއިން އާންމުުކުރާ ހާލަތެއް ކަމަށް އެޗްޕީއޭއިން ބުނެއެވެ.

އެޗްޕީއޭ އިން މިއަދު ބުނީ ދުނިޔޭގައި އެ ބަލި ފެތުރެން ފެށުމާއެކު ބަލީގެ ހާލަތު މޮނިޓާކޮށް ރާއްޖެއިން ވާންޖެހޭ ތައްޔާރީތައް ވަމުންދާ ކަމަށެވެ.

"އެގޮތުން ރާއްޖެއަށް އެ ބަލި އައުމުގެ ފުރުސަތު އޮތް މިންވަރު ދެނެގަތުމާއި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށާއި ބައްޔަށް ޓެސްޓްކުުރުމާއި ފަރުވާދިނުމަށް ވާންޖެހޭ ތައްޔާރީތައް ދަނީ ވަމުން ނެެވެ. އަދިި މި ބައްޔަށް ސިއްހީ ހިދުމަތްތެރިން އަހުލުވެރިކުރުމާއި ސަވައިލެންސް ހަރުދަނާ ކުރުމުގެ މަސައްކަތް ވެސް ދަނީ ކުރަމުން ނެވެ." އެޗްޕީއޭގެ ބަޔާނުގައި ވެއެވެ.

މަކުނު ވިދުރި މިދިޔަ އަހަރުވެސް ފެތުރުނެވެ. ނަމަވެސް އޭރު އެ ބަލި ބޮޑަށް ފެތުރުނީ އެއް ޖިންސުން ގުޅުން ހިންގާ މީހުންގެ ތެރޭގަ އެވެ.

މި ފަހަރު ބަލި ފެންނަނީ ސީދާ ކޮންބައެއްގެ ތެރޭގައި ކަަމެއް ނޭނގެ އެވެ. ނަމަވެސް މިބައްޔަކީ އެކަކު އަނެކަކާ ކައިރިވެ އުޅުމުން ޖެހޭ ބައްޔެކެވެ. އަދި މި ބަލި ޖެހުމުން ބައެއްފަހަރު ފުރާނަ ނުރައްކަލަށް ހުޅަހެޅިގެންދެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން