ހެލްތު މިނިސްޓަރު އަބްދުﷲ ހަލީލް ހުޅުމާލެއިން ފްލެޓެއް ބައްލަވައިގެންފި އެވެ.

މިނިސްޓަރު ހަލީލް ފްލެޓް ބައްލަވައިގެންނެވީ 3.1 މިލިއަން ރުފިޔާއަށް އެފްޑަބްލިއު ރެސިޑެންސްއިން ނެވެ.

މިނިސްޓަރު އެ ފްލެޓަށް ދައްކަން ޖެހޭ އަދަދަށް ފައިސާ ދައްކަވައި ހަލާސްކުުރުމުން އެޗްޑީސީން ވަނީ އެ ފްލެޓް ހަލީލްގެ ނަން މައްޗަށް ބަދަލުކުރަން ސިވިލް ކޯޓަށް ހުށަހަޅައިފަ އެވެ.

އަދި މި މަހުގެ ހަތް ވަނަ ދުވަހު އެ ކޯޓުން ވަނީ ހަލީލްގެ ނަން މައްޗަށް އެ ފްލެޓް ރަޖިސްޓްރީކޮށްދީފަ އެވެ.

ފ. ނިލަންދޫއަށް ނިސްބަތްވާ ހަލީލް ވަނީ 2014 އިން 2019 އަށް ނިލަންދޫ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވައިފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން