ވަކި ބަޔަކަށް ހިލޭ ގޯތި ދިނުމާ ދެކޮޅު ކަމަށާއި، ތަންތަން ހިއްކަނީ މުޅި ރައްޔިތުންގެ ޓެކްސް ފައިސާއިން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ވިދާޅުވެއްޖެއެވެ.

މިއަދު ކުރިޔަށް ދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އާބަން ޑިވެލޮޕްމަންޓްގެ ބިލާ ގުޅޭގޮތުން ކުރިއަށް ގެންދިޔަ ބަހުސްގައި ވާހަކަ ދައްކަވަމުން މެންބަރު އައްބާސް ވިދާޅުވީ ވަކި ބަޔަކަށް ހިލޭ ގޯތި ދިނުމާ ދެކޮޅު ކަމަށާއި އެތަންތަން ހިއްކަނީ މުޅި ރައްޔިތުންގެ ޓެކްސް ފައިސާއިން ކަމަށެވެ. މާލޭ ރައްޔިތުންނަށް ގޯތި ދިނުމަށް ހިއްކަނީ މާލޭގެ ބައެއް ނޫން ކަމަށާއި ހިއްކަމުންދަނީ ގުޅިފައިވާ ފަޅުތައް ކަމަށްވެސް އައްބާސް ވިދާޅުވިއެވެ.

އައްބާސް ވަނީ ކުރީ ސަރުކާރުން މާލޭގެ ރައްޔިތުންނަށް ގޯތި ދީފައިވަނީ ގާނޫނާ ހިލާފަށްނަމަ އެ ގޯތިތައް އަތުލުމަށްވެސް ގޮވާލައްވާފައެވެ. އައްބާސް ވަނީ ކުރިން ގޯތި ދީފައި ހުރީ ރަނގަޅަށް ކަމަށް ހައްދަވައިގެން އެ ހުރިހާ ގޯތިތަކެއް ދޭން އުޅެނީ ކީއްވެތޯ ސުވާލު އުފައްދަވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން