ކެއްސާތީ ބޭނުންކުރާ ސިރަޕެއް އަނެއްކާވެސް ރާއްޖެ އެތެރެކުރުން ރާއްޖޭގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީން މަނާކޮށްފި އެވެ.

ކެއްސާތީ ބޭނުންކުރަމުންދާ އެލެގްރާ ސިރަޕް، 30 މިލިގްރާމް ނުވަތަ ޖެނެރިކް ނަމުންނަމަ ފެކްސޮފެންޑައިން ހައިޑްރީކްލޮރައިޑް ރާއްޖެ އެތެރެކުރުން މަނާކުރީ މި މަހުގެ ކުރީކޮޅު އެވެ. އެއީ ތިން ބެޗަކުން ކޮލިޓީގެ މައްސަލައަކާ ގުޅިގެން ނެވެ.

އޭގެ ފަހުން މިއަދު ފުޑް އެންޑް ޑްރަގް އޮތޯރިޓީން ބުނީ އިންޑިއާގެ އެމްއެމްސީ ހެލްތު ކެއާއިން އުފައްދާ ކޮފްސީ ސިރަޕް، 100 އެމްއެލްގައިކުނޑި ކޮޅުތަކެއް ހުންނަކަން ފާހަގަ ކުރެވިފައިވާތީ އެ ބޭހުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި އިތުރަށް ބެލުމުގެ މަސައްކަތް ކުރަމުންގެންދާ ކަމަށެވެ.

"ވީމާ ދިމާވެފައި މިވާ މައްސަލަ މިއޮތޯރިޓީ އިން ބެލުމަށްފަހު ވަކި ގޮތެއް އަންގަންދެން މިޕްރޮޑަކްޓް ރާއްޖެ އެތެރެ ކުރުމާއ،ި ވިއްކުމާއި އަދި ބޭނުން ކުރުމަކީ މަނާކަމެއް ކަމުގައި ދަންނަވަމެވެ." ފުޑް އެންޑް ޑްރަގް އޮތޯރިޓީން މިއަދު ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން