އިބްރާހިމް ފަހީމް   20 އޯގަސްޓު 2024 - 20:40
މޫސުން ގޯސްވާނެކަމަށް ލަފާކޮށް އުތުރުގެ ރަށްތަކަށް އަނެއްކާ ވެސް އޮރެންޖު އެލަރޓް ނެރެފިއެވެ.

މޫސުމާބެހޭ ގައުމީ އިދާރާއިން ދެންމެ ބުނީ މިރޭގެ 10:30 އާއި ހަމައަށް ހއ. އަތޮޅުން ށ. އަތޮޅުގެ ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހި ފެންބޮޑުވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

އެހެންކަމުން މޫސުން ގޯސްވުމުގެ ސަބަބުން ލިބިދާނެ ގެއްލުންތަކަށް ސަމާލުވުމަށް އެ އިދާރާއިން ވަނީ އެދިފައެވެ.

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި މިއަދާ ހަމައަށް ވަނީ އެކި ފަހަރުމަތިން ރާއްޖޭގެ އެކި ހިސާބަށް އެލަރޓް ލެވެލް 3 ކަމަށްވާ އޮރެންޖު އެލަރޓް ނެރެފައެވެ.

މި ވިއްސާރައިގައި 13 ރަށެއްގެ 77 ގެއަކަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވާކަމަށް ޑިޒަރސްޓަރ މެނޭޖުމަންޓް ސެންޓަރުން މައުލޫމާތު ދެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން