ކޮންމެ މީހަކީވެސް އުފާވެރި ދިރިއުޅުމެއް ބޭނުންވާނެ މީހެއް- ގޫގުލް އިމޭޖެސް
ކޮންމެ މީހަކީވެސް އުފާވެރި ދިރިއުޅުމެއް ބޭނުންވާނެ މީހެއް- ގޫގުލް އިމޭޖެސް
ކޮންމެ މީހަކީވެސް ބާއްޖަވެރި ދިރިއުޅުމެއް ބޭނުންވާނެ މީހެކެވެ. އުފާވެރިކަންމަތީ އުމުރުގެ ދުވަސްތައް ހޭދަކުރަން ކޮންމެ މީހަކުވެސް ބޭނުންވާނެއެވެ. ދިރިއުޅުން ބާއްޖަވެރިކޮށް އުފާވެރި ކުރުމަށްޓަކައި ކުރެވޭނެ ވަރަށް ގިނަ ކަންތައްތައް ހުރެއެވެ. އެގޮތުން ތިރީގައި މި ހިމަނާލަނީ ދިރިއުޅުން އުފާވެރިކޮށް، ބައްޖަވެރިކުރަން ބޭނުންވާނަމަ ކޮންމެ ދުވަހަކުވެސް ކުރަންވީ ބައެއް ކަންކަމެވެ.

ކަސްރަތު ކުރުން:

ކަސްރަތު ކުރުމަކީ މީހާގެ ހަށިގަނޑުގައި ހުންނަ ސްޓްރެސް ނައްތާލަދޭ ހޯމޯނު ކަމަށްވާ އެންޑޯފީން އާއި، އަދި މީހާގެ މޫޑު ރަނގަޅު ކުރުމަށް އެހީވެދޭ ސެރޮޓޮނިން އަދި ޑޮޕެމީން ފަދަ ހޯމޯނުތައް އުފައްދައިދޭ ކަމެެކެވެ. އެހެންކަމުން ކޮންމެ ދުވަހަކުވެސް ކަސްރަތު ކުރާނަމަ ހަށިގަނޑުން މި ހޯމޯނުތައް އުފައްދާނެއެެވެ. އަދި އޭގެ ސަބަބުން މީހާ ފިކުރުތަކާ ދުރުކޮށްދީ، މޫޑު ރަނގަޅު ކުރުމަށް އެހީވެދީ، މީހާ އުފާވެރިކަންމަތީ ބަހައްޓައިދެއެވެ.

ހަށިގަނޑަށް ބޭނުންވާ ވަރަށް ނިދުން

ހަށިގަނޑަށް ބޭނުންވާ މިންވަރަށް ނިދުމަކީވެސް މީހާ އުފާވެރިކަންމަތީ ބަހައްޓައިދޭ ކަމެކެވެ. ހަށިގަނޑަށް ބޭނުންވާ ވަރަށް ނިދި ނުލިބޭނަމަ ކަންކަން ހަނދާން ނެތި، ކަންކަމަށް ސަމާލުކަން ދެވޭ ވަރު ކުޑަވެއެވެ. އަދި ހަމަ އެހެންމެ ހަށިގަނޑުގެ މަސައްކަތްތަކަށް ބުރޫ އަރައި، ސްޓްރެސް ހޯމޯނުވެސް އުފައްދައެވެ. އެހެންކަމުން މޫޑު ރަނގަޅުކޮށް، އުފާވެެރިކަންމަތީ ދެމިހުންނަން ބޭނުންވާނަމަ ހަށިގަނޑަށް ބޭނުންވާ ވަރަށް ނިދުމަކީ ވަރަށް މުހިންމު ކަމެކެވެ.

އެހެންމީހުންނާއެކު ވަގުތު ހޭދަކުރުން

އާއިލާ މީހުންނާއި، އަދި ރައްޓެހިންނާއެކު އުޅުމަކީވެސް މީހާގެ މޫޑު ރަނގަޅު ކޮށްދީ، އުފާވެރިކަންމަތީ ބަހައްޓަދޭ ކަމެކެވެ. ކޮންމެ ދުވަހަކުވެސް އާއިލާ މީހުންނާއެކު ނުވަތަ ރައްޓެހިންނާއެކު ވަގުތު ހޭދަ ކުރާނަމަ، އެކަނިވެރިކަމުގެ އިހުސާސްތަކުން މީހާ ދުރުވެ، ހަޔާތުގެ އެކި ކަންތައްތައް އެމީހުންނާ ހިއްސާ ކުރުމަށް ފަސޭހަވެއެވެ. އަދި ނަތީޖާއެއްގެ ގޮތުން ކަންކަމުގައި ފިކުރު ބޮޑުވާނަމަ އެމީހުންގެ ހިޔާލު ލިބި ފިކުރުތަކާ ދުރައްދާންވެސް ފަސޭހަވެއެވެ. އަދި އޭގެ ސަބަބުން އުފާވެރިކަންމަތީ ހުރެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން