ލޭނު މަސްވެރިކަމާއެކު ދައުލަތަށް ލިބޭ އާމްދަނީ 120 މިލިއަން ޑޮލަރަށް އިތުރު ކުރެވޭނެ ކަމަށް މަސްވެރިކަމާބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޕީއެންސީން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މަސްވެރިކަމާބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވީ، ދައުލަތުގެ އާމްދަނީ އިތުރު ކުރުމަށް އަންނަ އަހަރުގެ ފެބްރުއަރީގައި ލޭނު މަސްވެރިކަމަށް ހުޅުވާލާނެ ކަމަށެވެ. ޝިޔާމް ވިދާޅުވީ މަސްވެރިކަމުން ގާތްގަނޑަކަށް މިހާރު ދައުލަތަށް ލިބެނީ 92 މިލިއަން ޑޮލަރުގެ އާމްދަނީއެއް ކަމަށެވެ. އެހެން ނަމަވެސް ލޭނު މަސްވެރިކަމާއެކު އާމްދަނީ 120 ޑޮލަރަށް އިތުރު ކުރެވޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ޝިޔާމް ވިދާޅުވީ، ދައުލަތުގެ އާމްދަނީ އިތުރު ކުރަން ލޭނު މަސްވެރިކަން ކޮންމެހެން ފެށުމަށް ކުރަން ޖެހޭ މަސައްކަތްތަށް ކަމާ ގުޅުންހުރި ފަރާތްތަކާއެކު މިހާރު ކުރަމުން ގެންދާ ކަމަށެވެ.

ލޭނު މަސްވެރިކަމަށް ސަރުކާރުން ހުޅުވާލާއިރު އެކުލަވާލި ގަވާއިދު އާންމުންގެ ޚިޔާލާއެކު ވީހާ ވެސް ރައްކާތެރިކޮށް، ގިނަ ދިވެހިންނަށް އެކަމުގައި ހަރަކާތްތެރިވެވޭނެ ގޮތަށް ބައްޓަން ކުރާނެ ކަމަށް ވެސް ޝިޔާމް ވިދާޅުވި އެވެ. ޝިޔާމް އިތުރަށް ވިދާޅުވީ ލޯބޮޑު ކަންނެއްޔަކީ ދުނިޔޭގެ ބާޒާރުގައި ވަރަށް އަގު ރަނގަޅު މަހެއްކަމަށެވެ. އެހެން ނަމަވެސް ދުނިޔެ ހޫނުވާ މިންވަރަށް ބަލާއިރު މިހާރު ލޯބޮޑުކަންނެލީގެ މަސްވެރިކަމުގެ އެއްވެސް ކަމެއް ނުކުރެވޭ ކަމަށް ޝިޔާމް ފާހަގަކުރެއްވިއެވެ.

"ކަންނެލި މަސްވެރިކަން ވެސް މިދަނީ ދުވަހެއް ދުވަހަކަށް ސަރފޭސް ހޫނުވުމާއެކީގައި މަސްތައް ސައިންޓިފިކް ރިޕޯޓްތައް ބުނާގޮތުން އަޑިއަށް ޖަހާފައި މިހުރީ. އެހެންވީމަ ލޯންގް ލައިންގައި ކަންނެލި ބޭނޭ މިންވަރު ވެސް އިތުރުވެގެންދާނެ،" ވަޒީރު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން