މީގެކުރިން ހިނގި މަގުމަތީގެ އެކްސިޑެންޓެއް
މީގެކުރިން ހިނގި މަގުމަތީގެ އެކްސިޑެންޓެއް
ހުޅުމާލޭގައި މިއަދުވެސް ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

ފުލުހުން ބުނީ މިއަދު ހެނދުނު 6:50 ހާއިރު ހުޅުމާލެ ފޭސް 2 ގައި ކާރަކާއި ސައިކަލެއްޖެހިގެން އެކްސިޑެންޓެއް ހިނގާފައިވާ ކަމަށެވެ.

މި އެކްސިޑެންޓުގައި ސައިކަލު ދުއްވަން އިން މީހާއަށް ސީރިއަށް އަނިޔާތަކެއް ވެގެން މިވަގުތު ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދެމުން ގެންދާ ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ކާރުގައި ޖެހި ސައިކަލު ވިއްސައިގެން ގޮސް ފާރެއްގައި ޖެހުމުގެ ސަބަބުން، ސައިކަލު ދުއްވަން އިން މީހާގެ ބޯ ފަޅައިގެންގޮސް ގިނައަދަދެއްގެ ލޭ އެސަރަޙައްދަށް ވަނީ ފައިބާފައެވެ.

ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހުޤީގު ކުރަމުންދާ ކަމަށެވެ.

ހުޅުމާލޭގައި މިއަދު އެކްސިޑެންޓެއް ހިނގާފައިވާއިރު އިއްޔެރޭ ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ޒުވާނަކު ވަނީ ނިޔާވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން