ފުލުހުންގެ ބެލުމުގެ ދަށުގައި ދޫނިދޫ ޖަލުގައި ހުއްޓާ ދަންޖެހުނު އާދަމް އަތުހަރުގެ ޕޯސްޓްމޯޓަމް ހެދުމަށްފަހު އޭނާގެ ހަށީގަނޑު މިއަދު ރާއްޖެ ގެނަސް މިރޭ ހަށިގަނޑު ވަޅުލާނެ ކަމަށް ޢާއިލާއިން ބުނެފިއެވެ.
އަތުހަރުގެ ޕޯސްޓްމޯޓަމް ހެދުމަށް އޭނާގެ ޢާއިލާގެ ނުޤަބޫލުގައި ރާއްޖެއިން ބޭރަށް ހަށިގަނޑު ގެންދިޔައީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އަދި ހުކުރު ދުވަހު ޕޯސްޓްމޯޓަމް ހަދާނެ ކަމަށް ފުލުހުން ކުރިން ވަނީ މަޢުލޫމާތު ދީފައެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި ޕޯސްޓްމޯޓަމަށް ފަހު މިއަދު އިރުއޮއްސި 06:30 ހާއިރު އަތުހަރުގެ ހަށިގަނޑު ރާއްޖެ ގެންނާނެއެވެ. އަތުހަރުގެ ޖަނާޒާ ބޭއްވުމަށް ހަމަޖެހިފައިވަނީ މިރޭ 10:00 ގައި ހުޅުމާލޭ ސަހަރާ މިސްކިތުގައެވެ.
ފުލުހުން ބުނީ ދޫނިދޫ ޖަލުގައި އަތުހަރު ދަންޖެހިފައި ހުއްޓައި ފެނުނީ މިމަހުގެ ދެވަނަ ދުވަހުގެރޭ 19:02 ގައި ކަމަށެވެ.
ދޫނިދޫ ޖަލުގައި އަތުހަރު ދަންޖެހިފައި ހުއްޓައި ފެނުމާއި އޭނާ އައިޖީއެމްއެޗަށް ގެންދިއުމާ ދޭތެރޭ 30 މިނެޓު ހޭދަވެފައިވާކަން ފުލުހުން ނޫސްވެރިންނަށް ދެއްކި ސީސީޓީވީ ފުޓޭޖުން އެނގެއެވެ. އޭނާ މަރުވީ އައިޖީއެމްއެޗް ހޮސްޕިޓަލުގެ ވެންޓިލޭޓަރުގައި ފަރުވާ ދެމުންދަނިކޮށެވެ.
މީގެކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ، ގައިދީއަކު މަރުވުމުން އަމަލު ކުރާނެ ސިޔާސަތުތަކަށް މިފަހުން ގެނައި ބަދަލުތަކާ އެއްގޮތަށް އަތުހަރުގެ ހަށިގަނޑުވެސް ޢާއިލާއަށް ދޫކުރާނީ ޕޯސްޓްމޯޓަމް ހެދުމަށް ފަހު ކަމަށެވެ.
އަތުހަރު ދަންޖެހުނު ހާދިސާގެ ކުރިން އޭނާގެ ބޮލަށް ލިބުނު އަނިޔާއާ ގުޅިގެން ހޮސްޕިޓަލުގައި ފަރުވާ ދިނެވެ. އޭނާގެ ބޮލަށް އަނިޔާ ލިބުނީ އޭނާގެ ލޯބިވެރިޔާގެ ކަރުގައި ވަޅި ޖައްސައިގެން ރަހީނުކުރި ހާދިސާގައި އެ އަންހެންމީހާ ސަލާމަތްކުރުމަށްޓަކައި ފުލުހަކު މުގުރަކުން އަތުހަރުގެ ބޮލުގައި ޖެހުމުގެ ސަބަބުންނެވެ.

ކިޔުންތެރިންގެ ހިޔާލު