ފުލުހުންގެ އޮޕަރޭޝަނެއްގެ ތެރެއިން
ފުލުހުންގެ އޮޕަރޭޝަނެއްގެ ތެރެއިން
ރާއްޖޭގެ ރަށެއްގައި މީހެއްގެ ކަރު ބުރިކޮށްލާފައި އޮއްވައި ފެނިއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ކަރުބުރިކޮށްލާފައި އޮތް 50 އަހަރުގެ އަންހެން މީހާ ފެނިފައިވަނީ އުތުރުގެ ރަށަކުންނެވެ.

މި އަންހެން މީހާ މަރުވެފައި އޮއްވާ ފެނުނުއިރު ކައިރީގައި ވަޅިއެއް އޮތް ކަމަށްވެސް މައުލޫމާތު ލިބެއެވެ.

ފުލުހުން ބުނީ، އެރަށުގައި ޒަހަމްތަކާއެކު އަންހެނަކު އޮތް ކަމަށް މިއަދު ހެނދުނުގެ ވަގުތެއްގައި ރިޕޯޓް ލިބިގެން ފުލުހުން ހަރަކާތްތެރިވެ އެ މީހާ އެރަށު ސިއްހީ މަރުކަޒަށް ގެންގޮސްފައިވާ ކަމަށެވެ. އަދި އެ މީހާ ނިޔާވެފައިވާ ކަމަށް ސިއްހީ މަރުކަޒުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

"މިކަމާއި ގުޅިގެން ފުލުހުން ދަނީ ހަރަކާތްތެރިވަމުން،". ފުލުހުން ބުންޏެވެ.

ހޮޅުދޫ ކައުންސިލް ރައީސް ވިދާޅުވީ، އެ މީހާ ފެނުނު އިރު ކައިރީގައި ވަޅިއެއްވެސް އޮތް ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން