ނ. ހޮޅުދޫ ނިއުލައިފް ޒަކިއްޔާ މޫސާ
ނ. ހޮޅުދޫ ނިއުލައިފް ޒަކިއްޔާ މޫސާ
ނ. ހޮޅުދޫ ނިއުލައިފް ގޭގެ ގޯތިތެރޭގައި މަރުވެފައި އޮއްވައި އިއްޔެ ފެނުނު އެރަށު ޒަކިއްޔާ މޫސާގެ ހަށިގަނޑު އިތުރު ތަޙުލީލުތައް ކުރުމަށް މާލެ ގެނެސްފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ބުނީ ޒަކިއްޔާގެ ހަށިގަނޑު ރޭގެ ދަންވަރުގެ ވަގުތެއްގައި މާލެ ގެނެސްފައިވާ ކަމަށެވެ. އޭނާގެ ހަށިގަނޑު މާލެއަށް ގެނެސްފައިވަނީ އިތުރު ތަހުލީލުތައް ކުރުމަށް ކަމަށް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.

އޭގެ އިތުރުން ފުލުހުން ބުނީ ޒަކިއްޔާގެ މަރުގެ މައްސަލާގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށެވެ.

ނިއުލައިފް ގޭގެ ގޯތިތެރޭގައި ޒަކިއްޔާ މަރުވެފައި އޮއްވައި ފެނުނީ އިއްޔެގެ ހެނދުނުގެ ވަގުތެއްގައެވެ. އޭނާ މަރުވެފައި އޮއްވައި ފެނުނުއިރު ކަރުގައި ވަޅިއެޅުމުގެ ސަބަބުން ނޭވާ ހޮޅި ބުރިވެފައިވާ ކަމަށް މީޑީއާތަކުގައި ރިޕޯޓް ކޮށްފައިވެއެވެ.

ޢުމުރުން 50 އަހަރުގެ ޒަކިއްޔާ މަރުވެފައި އޮއްވައި ފެނުނުއިރު ކައިރީގައި ވަޅިއެއް އޮތް ކަމަށްވެސް މައުލޫމާތު ލިބެއެވެ.

ފުލުހުން ބުނީ އެމައްސަލަ އިތުރަށް ތަޙުޤީޤު ކުރަމުން ގެންދާ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން