މަދިރީގެ ސަބަބުން ބައެއް ފަހަރު ނުރައްކާތެރި ބަލިތައް ޖެހޭ- ގޫގުލް އިމޭޖެސް
މަދިރީގެ ސަބަބުން ބައެއް ފަހަރު ނުރައްކާތެރި ބަލިތައް ޖެހޭ- ގޫގުލް އިމޭޖެސް
މަދިިރި އަކީ މި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވެސް ފަސޭހަކަމާއެކު އާލާވާ އެއްޗަކަށްވީއިރު، މީގެ ސަބަބުން އަޅުގަނޑުމެންނަށް އެކިކަހަލަ އުނދަގޫތައް ކުރިމަތިވާކަމީ އެންމެންވެސް ގަބޫލުކުރާނެ ކަމެކެވެ.

މަދިރީގެ ސަބަބުން ޑެންގޫ ފަދަ ބަލިތައް ޖެހުމުގެ ބިރު ބޮޑުވާއިރު، ރައްޓެހިންނާއެކު ފިނިބުރު ޖަހާލުމަށް ނުވަތަ އެނޫންވެސް ކަމެއްގައި ބޭރަށް ނިކުމެލާއިރަށް މަދިރީގެ އުނދަގޫ ބޮޑުވެ ގެއަށް ވަންނަން ޖެހޭ ފަހަރުވެސް އާދެއެވެ.

އެހެންކަމުން ތިރީގައި މި ހިމަނާލަނީ މަދިރީގެ އުނދަގޫތަކުން ރައްކާތެރި ވުމަށް ކުރެވިދާނެ ބައެއް ކަންކަމެވެ.

އަލި ކުލައިގެ ހެދުން ލުން



ބައެއް ފަހަރު މީހާ އަޅާ ހެދުމެއްގެ ސަބަބުންވެސް މަދިރީގެ އުނދަގޫ ބޮޑުވެދާނެއެވެެ. އެގޮތުން ބަލާއިރު އަނދިރި ކުލަތަކުގެ ހެދުން ލާނަމަ މަދިރީގެ އުނދަގޫ ބޮޑުވާކަމަށް ވަރަށް ގިނަ މީހުން ބުނެއެވެ. އެހެންކަމުން މަދިރީގެ އުނދަގޫތަކުން ދުރުވެ ރައްކާތެރިވާން ބޭނުން ނަމަ އަލި ކުލަތަކުގެ ހެދުން އެޅުމަކީ ވަރަށް މުހިންމު ކަމެކެވެ. އެގޮތުން ހުދު، މަޑު ނޫ، މަޑު ފިޔާތޮށި ފަދަ ކުލަތަކުގެ ހެދުން އެޅުމުން މަދިރީގެ އުނދަގޫ ކުޑަވެއެވެ.

މަދިރި ލޯޝަން ބޭނުން ކުރުން



މަދިރީގެ އުނދަގޫ ބޮޑުވެ އޭގެ ސަބަބުން ހަންގަނޑަށް ނޭދެވޭ އަސަރު ކުރާނަމަ އެކަމަށް ހައްލެއް ހޯދުމަށް ޑޮކްޓަރެއްގެ ލަފާގެ ދަށުން ބޭސް ބޭނުން ކުރެވިދާނެއެވެ. މަދިރި ހެފުމުން ބައެއް މީހުންގެ ހަންގަނޑުގައި ބޮޑެތި ފިއްގަނޑު ނަގާ ހަންގަނޑު ވަރަށް ބޮޑަށް ހަލާކުވާ ފަހަރުވެސް އާދެއެވެ. އެހެންކަމުން ހަންގަނޑު ރައްކާތެރި ކުރުމަށްޓަކައި ބޭރަށް ނިކުންނަ އިރު ޑޮކްޓަރު ލަފާދޭފަދަ މަދިރި ލޯޝަނެއް ބޭނުން ކުރަން މުހިންމެވެ.

ގޭތެރެ ސާފު ކުރުން

ގޭގެ ގޯތީގައި ހުންނަ ކުނި ބޭރުކޮށް، މަދިރި އާލާވާފަދަ ތަންތަން ދުވަހުން ދުވަހަށް ސާފުކޮށް، ފެން ހަރުލާފައި ހުންނަ ކަހަލަ ތަންތަން ސާފުކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. މިހެން ހެދުމުން މަދިރި އާލާވާ ވަރު މަދުވެ އޭގެ ސަބަބުން ދިމާވާ އުނދަގޫތަކުންވެސް ރައްކާތެރި ވެވޭނެ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން