ރާއްޖޭގެ ޖަމިއްޔާތަކުން ކުރާ ދީނީ ކަންކަމަށް އެހީ ދޭން ނިންމާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.
ދީނީ ޖަމިއްޔާތަކުގެ މަހާސިންތާ ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ މިިހާރުވެސް ބައެއް ޖަމިއްޔާތަކުން އެކިއެކި ވަސީލަތްތައް ހޯދުމަށް ޕްރޮޕޯސަލްތައް މިނިސްޓްރީއަށް ހުށަހަޅާ ކަމަށެވެ.
އެގޮތުން ދީނީ ދަރުސްތައް ބޭއްވުމަށް ކެމެރާ ހޯދުމަށް ނޫނީ އެހެންވެސް ބައެއް ވަސީލަތްތައް ހޯދުމަށް ޖަމިއްޔާތަކުން ހުށަހަޅާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ މިހާރުވެސް ރާއްޖޭގައި ހިދުމަތްތެރި ވަރަށް ގިނަ ޖަމިއްޔާތައް އެބަހުރި ކަމަށެވެ. އަދި އެ ޖަމިއްޔާތަކުން ކުރަމުން ދަނީ ވަރަށް މުހިންމު މަސައްކަތްތަކެއް ކަމަށާއި ދީނީ ކަންކަން ހަރުދަނާކުރުމަށް މަސައްކަތްކުރާ ޖަމިއްޔާތަކަށް ވަކި އިންތިޒާމެއްގެ ތެރެއިން ސަރުކާރުން އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
"ކުރިއަށް އޮތް ތަނުގައި އެކިއެކި ޖަމިއްޔާތަކުން ކުރާ މަސައްކަތްތަކަށް މާލީ ގޮތުން ވެސް އެހީތެރިކަން ދެވެން އޮތް މިންވަރަކުން މިނިސްޓްރީގެ ފަރާތުން އެހީތެރިވާނެ ކަމުގެ ޔަގީންކަން އަޅުގަނޑު އަރުވަން،" ޝަހީމް ވިދާޅުވި އެވެ.
އަދި މިއަދު ފެށި ބައްްދަލުވުން ނިމިގެންދާއިރު ޖަމިއްޔާތަކަށް މާލީ އެހީ ދިނުމާ ގުޅޭ އެއްބަސްވުން އެކުލަވާލެވިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު