ބާރުގަދަ ތޫފާން ބެބިންކާގެ ސަބަބުން ޗައިނާގެ ވިޔަފާރީގެ މައި ސިޓީ، ޝަންހާއީ އިން ފްލައިޓްތައް ކެންސަލްކޮށް، ރޭލު ދަތުރުތައް ހުއްޓާލައިފިއެވެ.
ބާރުގަދަ ތޫފާން ބެބިންކާ އަކީ 1949 ވަނަ އަހަރަށް ފަހު ޗައިނާގެ ވިޔަފާރީގެ މައި ސިޓީ، ޝަންހާއީ އަށް އައި އެންމެ ވަރުގަދަ ޓްރޮޕިކަލް ތޫފާނު ކަމަށް މޫސުމާ ބެހޭ އިދާރާއިން ހާމަކުރެއެވެ. މި ތޫފާންގެ ސަބަބުން ޝަންހާއީން ވަނީ ވައިގެ މަގުން ކުރާ ދަތުރުތަކާއި ކަނޑާއި އެއްގަމުގެ ދަތުރުފަތުރުތައް ހުއްޓުމަކަށް ގެނެސްފަ އެވެ.
ކެޓަގަރީ އެކެއްގެ މި ތޫފާނަކީ ގަޑިއަކު ގާތްގަނޑަކަށް 144 ކިލޯމީޓަރުގެ ބާރުމިނުގައި ވައިގެ ބާރުމިން ހުންނަ، ތޫފާނަކަށް ވާއިރު މިހާރު މި ތޫފާން އޮތީ ޝަންހާއީގެ އިރުދެކުނުން ގާތްގަނޑަކަށް 400 ކިލޯމީޓަރު (248 މޭލު) ދުރުގައެވެ.
ކަމާބެހޭ އިދާރާތަކުން ބުނާ ގޮތުގައި ޗައިނާގެ އިރުމަތީ އައްސޭރިފަށަށް މި ތޫފާން އަރާނެ ކަމަށް ބެލެވެނީ ހޯމަ ދުވަހުގެ ރޭ މެންދަމު ފަހުންނެވެ.

ކިޔުންތެރިންގެ ހިޔާލު