ޖަރުމަނުގެ ލައިޕްޒިގްގައި ކުރިޔަށް ދިޔަ ރެޑްބުލް ފޯ ޓޫ ސްކޯ ވޯލްޑް ފައިނަލްގެ ގަދަ 16 އަށް ރާއްޖޭގެ ޓީއެފްޓީ (ދި ފުޓްސަލް ޓައުން) ދަތުރުކޮށްފިއެވެ.



އިއްޔެ ކުރިޔަށް ދިޔަ މި މުބާރާތުގެ ފައިނަލްސްގެ ގުރޫޕް ސްޓޭޖުގައި ރާއްޖެއިން ވަނީ ފަސް މެޗު ކުޅެފަ އެވެ. މެންދުރު އިންޑިއާއާ ވާދަކޮށް ކުޅުނު މެޗުން ރާއްޖެ ވަނީ 5-1 އިން މޮޅުވެފަ އެވެ.

މި މުބާރާތުގެ ގުރޫޕް ސްޓޭޖުގެ ބާކީ ތިން މެޗު އިއްޔެ ހަވީރު ކުޅުނު އިރު، މިދިޔަ އަހަރުގެ ޗެމްޕިއަންކަން ހޯދި އޮސްޓްރިއާއާ ދެކޮޅަށް ރާއްޖެ ކުޅުނު މެޗު އެ ގައުމުން ވަނީ 3-2 އިން ކާމިޔާބު ހޯދާފައެވެ. އަދި ބްރެޒިލްއާ ދެކޮޅަށް ކުޅެގެން 4-6 އިން ރާއްޖެ ބަލިވި އިރު. އޭގެ ފަހުން އެމެރިކާ އަތުން 5-1 އިންވެސް ރާއްޖެ ވަނީ ބަލިވެފައެވެ.

20 ގައުމަކުން 28 ޓީމެއް ބައިވެރިވެގެން ކުރިޔަށްދާ މި މުބާރާތަކީ ގޯލް ކީޕަރެއް ނުލައި ޓީމަކުން ހަތަރު ކުޅުންތެރިން އަރުވައިގެން ކުޅޭ މުބާރާތެކެވެ. މި މުބާރާތަށް ކޮލިފައިވާން ރެޑްބުލް އިން ވަނީ އެކި ގައުމުތަކުގައި ކޮލިފައިން މުބާރާޓްތައް ކުރިއަށް ގެންގޮސްފަ އެވެ.

ރާއްޖޭގެ ދިހަ ސަރަހައްދެއްގައި ކޮލިފައިންގެ ބުރުތައް ބާއްވައި، ފައިނަލް ބުރަށް ހޮވުނު 16 ޓީމުގެ ތެރެއިން އެއްވަނަ ހޯދައިގެން ވޯލްޑް ފައިނަލްސްއިން ޖާގަ ހޯދީ ޓީއެފްޓީ އެވެ. މި ޓީމުގައި ހިމެނެނީ މުހައްމަދު ޝައްފާން (ޝާކާ)، އިސްމާއިލް މުނީޒް، މުހައްމަދު ވިލްފް، އަހުނަފް ރަޝީދު (އަހުއްކޮ) އަދި އިބްރާހިމް ނާޖިހު (ހޭޓް) އެވެ.

އަންނަ އަހަރު މި މުބާރާތް ބާއްވަން ނިންމާފައި ވަނީ އޮސްޓްރޭލިޔާގައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން