މަރްޔަމް ނަހްދާ ވަޙީދު   17 ސެޕްޓެމްބަރު 2024 - 0:19
ދަރިން ކެއިން ބުައިމުގެ އަދަބުތައް ދަސްކުރަނީ ބެލެނިވެރިންގެ ފަރާތުން- ގޫގުލް އިމޭޖެސް
ދަރިން ކެއިން ބުައިމުގެ އަދަބުތައް ދަސްކުރަނީ ބެލެނިވެރިންގެ ފަރާތުން- ގޫގުލް އިމޭޖެސް
ކުޑަކުދިންނަކީ އެހެން މީހުންގެ އުޅުމާއި ހަރަކާތްތަކަށް ބަލައި ފަސޭހަކަމާއެކު ކަންތައް ދަސްކުރާ ބައެކެވެ. އެހެންކަމުން ހެދި ބޮޑުވަމުން އަންނަ އިރު، ބެލެނިވެރިންގެ ހަރަކާތްތަކާއި އުޅުން ހުންނަ ގޮތުގެ ސަބަބުން ދަރިންނަަށް ވަރަށް ގިނަ ކަންތައްތައް ދަސްވެއެވެ. ތިރީގައި މި ހިމަނާލަނީ ހެދިބޮޑުވަމުން އަންނަ ދަރިންނަށް ބެލެނިވެރިންގެ ފަރާތުން ދަސްވާ ބައެއް ކަންކަމެވެ.

ޖަޒުބާތުތައް ފާޅު ކުރާ ގޮތް

ދަރިންނަކީ އެކުދިންގެ ބެލެނިވެރިންގެ އުޅުން ހުންނަ ގޮތް ބަލައި ކަންތައް ދަސްކުރާ ބައެއް ކަމުން، އެކުދިންގެ ޖަޒުބާތުތައް ފާޅުކޮށް ކޮންޓްރޯލު ކުރަންވެސް ދަސްކުރަނީ ބެލެނިވެރިންގެ ފަރާތުންނެވެ. ހިތްދަތިވެ ސްޓްރެސް ވާ ގަޑިތަކުގައި ވަރަށް މައިތިރިކަމާއެކު ހަމަޖެހިލައިގެން އެކަންކަމާ ކުރިމަތިލާނަމަ ދަރިންވެސް ބޮޑުވެ ސްޓްރެސް ވާ ހިނދު އެކަމާ ކުރިމަތިލާނީ އެ ބީދައިންނެވެ. ބެލެނިވެރިންގެ ޖަޒުބާތުތައް ކޮންޓްރޯލު ކޮށް، ހަމަޖެހިލައިގެން ފާޅުކުރާނަމަ ދަރިންނަށްވެސް އެކަން ދަސްވާނެއެވެ.

މުއާމަލާތު ކުރުން

ބޮޑުވަމުން އަންނަ ކުދިން އެހެން މީހުންނާ މުއާމަލާތު ކުރާ ގޮތްވެސް ދަސްކުރަނީ ބެލެނިވެރިންގެ ފަރާތުންނެވެ. ގޭތެރޭގެ މާހައުލުގައި އެކަކު އަނެކަކަށް އިހްތިރާމު ކޮށް އަދަބުވެރިކަމާއެކު މުހާތަބު ކޮށް މުއާމަލާތު ކުރާނަމަ ދަރިންގެ ކިބައިގައިވެސް އެ ސިފަތައް އަށަގަންނާނެއެވެ. އަދި އެކަމުގެ ސަބަބުން އެކުދިން ބޮޑުވެ މުޖުތަމައަށް ނިކުންނަ ހިނދު އެހެން މީހުންނާ އަދަބުވެރިކަމާއެކު މުއާމަލާތު ކުރަން އެނގި، އޭގެ ސަބަބުން އެކުދިންނަކީ މުޖުތަމައުއިން ބަލައިގަންނަ ފަދަ ކުދިބަޔަކަށް ވާނެއެވެ.

ވަޒީފާއަށް ހުރުމަތްތެރިކޮށް ހިތުން



ވަޒީފާއަށް ހުރުމަތްތެރިކޮށް ހިތުމަކީވެސް ބެލެނިވެރިންގެ ފަރާތުން ދަރިން ދަސްކުރާ ކަމެކެވެ. ކުއްޖާ ބޮޑުވަމުން އަންނަ އިރު، މައިންބަފައިންގެ ފަރާތުން މި ސިފަ ފެންނަ ނަމަ އެކުދިންވެސް ބޮޑުވެގެން ވަޒީފާގެ މާހައުލަށް ނިކުންނަ އިރު ވަޒީފާއަށް ހުރުމަތްތެރިކޮށް ހިތާނެއެވެ. އަދި އޭގެ ސަބަބުން ވަޒީފާހެ މާހައުލުގައި ކުއްޖާ ކުރިއަރައި ދިއުމަށް ފަސޭހަވާނެއެވެ.

ކެއުމުގެ އަދަބުތައް

ކުޑަކުދިން ކެއުމުގެ އަދަބުތައްވެސް ދަސްކުރަނީ ބެލެނިވެރިންގެ ފަރާތުންނެވެ. އެގޮތުން ކާމޭޒުމަތީގެ އަދަބުތަކަށް އަހައްމިއްޔަތުކަން، ދީ ކާން ފަށާއިރު އަތް ދޮވެ ބިސްމި ކިޔުން ފަދަ ކަންކަމަށް ބެލެނިވެރިން އަހައްމިއްޔަތުކަން ދޭނަމަ ދަރިންގެ ކިބައިގައިވެސް އެ ސިފަތައް ހުންނާނެއެވެ. އަދި ހަމަ އެހެންމެ ބެލެނިވެރިންނަކީ ސިއްހަތަށް ފައިދާހުރި ކާނާގެ ބާވަތްތައް ކައި އުޅޭ ބަޔަކަށް ވާނަމަ ދަރިންގެ ކިބައިންވެސް ހަމަ އެ ސިފަތައް ފެންނާނެއެވެ.

މަސްދަރު: އީޓައިމްސް



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން