މަރްޔަމް ނަހްދާ ވަޙީދު   18 ސެޕްޓެމްބަރު 2024 - 0:14
ދަތް ހުދު ކުރުމަށް ގޭގައި ބޭނުންކުރެވޭނެ އެއްޗެހި- ގޫގުލް އިމޭޖެސް
ދަތް ހުދު ކުރުމަށް ގޭގައި ބޭނުންކުރެވޭނެ އެއްޗެހި- ގޫގުލް އިމޭޖެސް
ކޮންމެ މީހެއްގެ ކިބައިގައިވެސް ހުންނާނެ އެންމެ ރީތި ސިފައަކީ އެމީހެއްގެ ހިނިތުންވުމެވެ. ހިނިތުންވެލާ ގަޑީގައި އަޅުގަނޑުމެންގެ ކައިރީގައި ތިބޭ އެންމެނަށްވެސް އަޅުގަނޑުމެންގެ ދަތް ފެންނާނެއެވެ. މިފަދަ ވަގުތު ތަކުގައި ދަތް ހަޑިވެ، ދަތުގައި ރީނދޫ ކުލަ ހުންނަ ނަމަ އެކަމުގެ ސަބަބުން އެހެން މީހުންގެ މަލާމާތުގެ ބަސްތައް ރައްދުވާ ފަހަރު އާދެއެވެ.

މިކަމުން ދުރުހެލިވުމަށްޓަކައި ތަފާތު އެކި ގޮތްގޮތަށް ދަތް ހުދު ކުރެވޭތޯ ކޮންމެ މީހަކުވެސް ބަލާނެއެވެ. އެހެންކަމުން މިފަހަރު މި ހިމަނާލަނީ ދަތުގައި ހުންނަ ރީނދޫކުލަ ކަނޑުވައި ދަތް ހުދުކުރުމަށް ގޭގައި ބޭނުން ކުރެވޭނެ އެއްޗިއްސެވެ.

ބޭކިން ސޮޑާ އާއި ލުނބޯ ހުތް

ބޭކިން ސޮޑާ އާއި ލުނބޯ ހުތް އެއްކޮށްގެން ހަދާ ސްކްރަބް އަކީ ދަތްތައް ހުދު ކޮށްދިނުމަށް އެހީވެދޭ އެއްޗެކެވެ. ބޭކިން ސޮޑާ އަކީ ގުދުރަތީ ގޮތުންވެސް ތަންތަން ހުދު ކޮށްދޭ އެއްޗަކަށްވާއިރު، ލުނބޯއާއި ބޭކިން ސޮޑާ އެއްކޮށްލުމުން އޭގެ އެސިޑިޓީ އިތުރުވެ، ލަތް ފިލާގޮތް ފަސޭހަވެއެވެ. އެހެންކަމުން ދަތްޕިލަ ފަސޭހަކަމާއެކު ހުދު ކުރަން ބޭނުންނަމަ މިއީ ގޭގައި ބޭނުން ކުރެވިދާނެ އެއްޗެކެވެ.

ކާށި ތެޔޮ

ކާށި ތެލަކީވެސް ދަތް ހުދުކޮށްދިނުމަށް އެހީވެދޭ އެއްޗެކެވެ. މި ބޭނުން ކުރުމުން އަނގައިގައި ހުންނަ ޖަރާސީމުތައް މަރުވެ، ދަތުގައި ކާއެއްޗެހީގެ ސަބަބުން ހިފާފައި ހުންނަ ކުލަ ފިލާނެއެވެ. އެހެންކަމުން ފަސޭހަކަމާއެކު ދަތް ހުދު ކުރަން ބޭނުންނަމަ އަނގަޔަށް ސަމުސަލެއްގެ ކާށި ތެޔޮ ލުމަށްފަހު، އަނގައިގެ ހުރިހާ ތަނަކަށްވެސް ދާގޮތަށް ހަލުވާލުމުން ދަތް ރީތިވާނެއެވެ.

އެޕަލް ސިޑާ ވިނެގާ

އެޕަލް ސިޑާ ވިނެގާއަކީ އަޅުގަނޑުމެންނަށް ފަސޭހަކަމާއެކު ލިބޭ އެއްޗަކަށްވީއިރު، މިއީވެސް ދަތް ހުދު ކުރުމަށް އެހީވެދޭ އެއްޗެކެވެ. މި ބޭނުން ކުރުމުން ދަތުގައި ހުންނަ ޖަރާސީމާއި، ކާއެއްޗެހީގެ ސަބަބުން ޖެހިފައި ހުންނަ ލަތްތައް ފިލައެވެ. އެހެންކަމުން ދަތް ހުދު ކުރަން ބޭނުންނަމަ އެއް ސަމުސާ އެޕްލް ސިޑާ ވިނެގާ ފެން ފޮދަކާ އެއްކޮށްލުމަށްފަހު އަނގަޔަށް އަޅައި ރަނގަޅަށް އެއިން އަނގަ ދޮވެލުމުން ދަތުގައި ޖެހިފައި ހުންނަ ކުލަތައް ފަސޭހަކަމާއެކު ފިލާނެއެވެ. އަދި އޭގެ ސަބަބުން ދަތް ހުދުވެ ރީތިވެސް ވާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން