ފުލުހުންގެ ބެލުމުގެ ދަށުގައި ދޫނިދޫ ޖަލުގައި ހުއްޓާ ދަންޖެހުނު އާދަމް އަތުހަރުގެ އޮޓޮޕްސީ ރިޕޯޓުގައި މަރުވި ސަބަބަކީ ދަންޖެހުން ކަމަށް ބުނެފައިވާ ކަމަށް ފުލުހުން ހާމަކޮށްފިއެވެ.
ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް ހަސަން ޝިފާއު ވިދާޅުވީ، މި މައްސަލައަކީ ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނާއި ހިއުމަން ރައިޓްސް ކޮމިޝަނުން ތަހުގީގު ކުރަމުންދާ މައްސަލައަކަށް ވާތީ މާގިނަ މައުލޫމާތު މިވަގުތު ހާމަކުރެވެން ނެތްކަމަށެވެ.
ނަމަވެސް އަޠުހަރު މަރުވެފައިވަނީ ދަންޖެހިގެން ކަމަށް އޭނާގެ އޮޓޮޕްސީގެ ނަތީޖާއިން ދައްކައިފައި ވާކަމަށް ޝިފާއު ވިދާޅުވިއެވެ.
“އޮޓޮޕްސީގެ ރިޕޯޓެއް އަޅުގަނޑުމެންނަށް ލިބިފައި އެބަވޭ. އެ ރިޕޯޓުގައި ކޯޒް އޮފް ޑެތުގެ ގޮތުގައި ނުވަތަ މަރުވާން ދިމާވި ސަބަބުގެ ގޮތުގައި ފާހަގަކޮށްފައި ވަނީ، ކޮންސިސްޓެންޓް ވިތު ޑެތު ޑިއު ޓު ހޭންގިން.” ޝިފާއު ވިދާޅުވިއެވެ.
އޭގެ އިތުރުން ޝިފާއު ވިދާޅުވީ އަތުހަރުގެ އޮޓޮޕްސީ ކުރިއަށް ގެންދިޔައީ ފުލުހުންގެ ބެލުމުގެ ދަށުން ކަމަށެވެ. ނަމަވެސް، އެޗްއާރުސީއެމްގެ ބޭފުޅަކު ވެސް އޮޓޮޕްސީގެ ކަންކަމުގައި ބައިވެރިވިކަމަށް އޭނާ ވިދާޅުވިއެވެ.
އަތުހަރު ދަންޖެހުނު ހާދިސާގެ ކުރިން އޭނާގެ ބޮލަށް ލިބުނު އަނިޔާއާ ގުޅިގެން ހޮސްޕިޓަލުގައި ފަރުވާ ދިނެވެ. އޭނާގެ ބޮލަށް އަނިޔާ ލިބުނީ އޭނާގެ ލޯބިވެރިޔާގެ ކަރުގައި ވަޅި ޖައްސައިގެން ރަހީނުކުރި ހާދިސާގައި އެ އަންހެންމީހާ ސަލާމަތްކުރުމަށްޓަކައި ފުލުހަކު މުގުރަކުން އަތުހަރުގެ ބޮލުގައި ޖެހުމުގެ ސަބަބުންނެވެ.

ކިޔުންތެރިންގެ ހިޔާލު