ވިސްނާ ފިކުރު ކުރާނަމަ ނަފްސާނީ މައްސަލަތައް ކުރިމަތިވޭ- ގޫގުލް އިމޭޖެސް
ވިސްނާ ފިކުރު ކުރާނަމަ ނަފްސާނީ މައްސަލަތައް ކުރިމަތިވޭ- ގޫގުލް އިމޭޖެސް
ކަންކަމާ ވިސްނާ އޭގެ ސަބަބުން މާ ބޮޑަށް ސްޓްރެސް ވުމަކީ ދިރިއުޅުމުގެ ކޮންމެވެސް ހިސާބެއްގައި އަޅުގަނޑުމެން އެންމެންވެސް ތަހައްމަލު ކޮށްފައިވާ ކަމެކެވެ. އެގޮތުން އަދާކުރާ ވަޒީފާގެ ސަބަބުން ވިޔަސް ނުވަތަ އާއިލީ މައްސަލައެއްގެ ސަބަބުން ވިޔަސް، މާބޮޑަށް ސްޓްރެސް ވާނަމަ އޭގެ ސަބަބަބުން ނަފްސާނީ އަދި ޖިސްމާނީ އަސަރުތައް ވަރަށް ގިނަ މީހުންނަށް ކުރެއެވެ.

ސްޓްރެސްވުމުގެ ސަބަބުން މާ އަވަހަށް ރުޅި އިސްކުރެވި، އެހެން މީހުންނާ އެކަހެރިވެ އަމިއްލަ ހިޔާލުތަކަށް ގެއްލިފައި ތިބޭ މީހުން އަޅުގަނޑުމެންގެ ތެރޭގައި ވަރަށް ގިނައެވެ. އަދި މިކަމުގެ ސަބަބުން ކެއިން ބުއިމަށް ބަދަލު އައިސް ސިއްހީ މައްސަލަތައްވެސް ބައެއް މީހުންނަށް ކުރިމަތިވެއެވެ. އެހެންކަމުން ސްޓްރެސްވާ ހިނދު އެކަމުން އަރައިގަންނަން އެނގުމަކީ ވަރަަށް މުހިންމު ކަމެކެވެ.

މިއީ ވަރަށް ގިނަ މީހުންނަށް ދިމާވާ ކަމަކަށްވާއިރު މިކަން ހައްލު ކުރެވޭނީ ދިރިއުޅުމަށް ބަދަލުތަކެއް ގެނެސްގެންނެވެ. އެގޮތުން ކޮންމެ ދުވަހަކު ހެނދުނު ހޭލުމަށްފަހު، ކަސްރަތު ކުރުމަށް ވަގުތުކޮޅެއް ހޭދަކުރުމަކީ ސްޓްރެސް އާ ދުރުވާން ބޭނުންނަމަ ކޮންމެ މީހަކުވެސް ކުރަން ޖެހޭ ކަމެކެވެ. ސަބަބަކީ ކަސްރަތު ކުރުމަކީ އޭގެ ސަބަބުން މީހާގެ ހަށިގަނޑުން ސްޓްރެސް އުފައްދާ ވަރު މަދުކޮށްދޭ ކަމަކަށް ވާތީއެވެ. މީހާ އެއްތަނެއްގައި މަޑުން ހުންނަ ނަމަ އޭގެ ސަބަބުން ހިޔާލުތައް ގިނަވެ ބޯ ހާސްވާ ގޮތްވެއެވެ. ނަމަވެސް ހެލިފެލިވެ އުޅޭނަމަ ހިޔާލުތަކާ ދުރަށްގޮސް ސިކުނޑި ހަމައަކަށް އެޅޭނެއެވެ.

ސްޓްރެސް އާ ދުރުވާން ބޭނުންނަމަ ކޮންމެ ދުވަހަކުވެސް ގަޑިން ގަޑިއަށް ކެއުމަކީވެސް ވަރަށް މުހިންމު ކަމެކެވެ. ކާ ގަޑިތަކުގައި ނުކައި، އަދި ކެއުމުގައި ފައިދާހުރި މާއްދާތައް ނުހިމަނައި ފަރުވާ ކުޑަ ކުރާނަމަ އޭގެ ސަބަބުން މީހާގެ ލޭގައި ހަކުރު ހުންނަ މިންވަރު އިތުރުވެއެވެ. އަދި މިކަަމުގެ ސަބަބުން މީހާ ސްޓްރެސް ވުމަށް މެދުވެރިވެއެވެ. ވީމާ ބޭކާރު ހިޔާލުތަކާ ދުރުވެ، ހަމަޖެހޭ ދިރިއުޅުމެއް ބޭނުންވާނަމަ ކޮންމެ ދުވަހަކުވެސް ގަޑިން ގަޑިއަށް ކެއުމަކީ ވަރަށް މުހިންމު ކަމެކެވެ. އަދި ކެއުމުގައި ސިއްހަތަށް ފައިދާހުރި މާއްދާތައް ހިމެނުމަކީވެސް ހަމަ އެހާ މުހިންމު ކަމެކެވެ.

މީގެ އިތުރުން ޓެކްނޮލޮޖީގެ ވަސީލަތްތައް ނުވަތަ ޑިޖިޓަލް ދުނިޔެއާ ދުރަށް ދިއުމަކީވެސް މީހާ ސްޓްރެސް ވުމާ ދުރުކޮށްދޭ ކަމެކެވެ. މާ ގިނައިރު ޑިޖިޓަލް ވަސީލަތްތައް ބޭނުން ކުރުމަކީ އެކަމުގެ ސަބަބުން މީހާ ސްޓްރެސް ވުމަށް މެދުވެރިވާ ކަމެކެވެ. ކޮންމެ ދުވަހަކުވެސް ވަކި ވަގުތެއް ކަނޑައަޅައި، އެގަޑިއެއްގައި ސްކްރީނުތަކާ ދުރަށްގޮސް ޑިޖިޓަލް ދުނިޔެއާ ދުރުވެލުމަކީ އޭގެ ސަބަބުން ސިކުނޑީގައި ހުންނަ ބޭކާރު ހިޔާލުތަކާ ދުރަށް ދެވި މީހާގެ މޫޑު ރަނގަޅު ވާ ކަމެކެވެ.

ވީމާ ހިޔާލުތައް ގިނަވެ ބޯ ހާސްވެ އޭގެ ސަބަބުން ނަފްސާނީ ސިއްހަތައް އަސަރު ކުރާނަމަ މަތީގައި ދެންނެވުނު ކަންތައްތަކާމެދު ވިސްނައި، މިކަންތައްތައް ކުރަން ޖެހެއެވެ. އަދި މިހެން ކަންތައް ކުރާނަމަ ދިރިއުޅުމުގެ ކަންކަމުގައި ސްޓްރެސްވާ ވަރު މަދުވެ، ހުރިހާ ނިންމުންތަކެއްވެސް ވަރަށް ހަމަޖެހިލައިގެން ހުރެ ނިންމޭނެއެވެ. އަދި ދިރިއުޅުން އުފާވެރިވެ ބާއްޖަވެރި ވެސް ވާނެއެވެ.

މަސްދަރު: ޓައިމްސްއޮފްއިންޑިއާ.ކޮމް


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން