ޔަހޫދީ ޖާސޫސުން ހުރީ ޙިޒްބުاللهއަށް ވިއްކި ޕޭޖަރުތަކުގައި ގޮވާތަކެތި ހަރުކޮށްފައި ކަމަށް ލުބްނާންގެ މުޖާހިދުންގެ ޖަމާއަތް، ޙިޒްބުاللهއިން ބުނެފިއެވެ.
ޙިޒްބުالله އިން ބުނީ އެ ޖަމާއަތުގެ މެންބަރުން މުވާސަލާތު ކުރުމަށް ބޭނުން ކުރާ ޕޭޖަރުތަކެއް ގޮއްވައިލައި 20 މީހުން ޝަހީދުކޮށް, ގިނަ އަދަދެއްގެ ބަޔަކު ޒަހަމު ކޮށްލާފައިވާ ކަމަށާއި އެކަން ކުރީ ޕޭޖަރުތަކުގައި ހަރުކޮށްފައިވާ ގޮވާތަކެތި ބޭނުން ކޮށްގެން ކަމަށެވެ.
ލުބްނާންގެ ސިއްހީ ޚިދުމަތްތެރިންނާއި ޙިޒްބުاللهގެ މުޖާހިދުންގެ ބޭނުމަށް ގަނެފައިވާ އެ ޕޭޖަރުތައް ގޮއްވައިލައިގެން ޔަހޫދީން ދިން ހަމަލާތަކުގައި 3,000 އެއްހާ މީހުންނަށް ބޮޑެތި ޒަހަމުތަކެއް ލިބުނެވެ. މި ހަމަލާ އަކީ ޙިޒްބުاللهގެ ސަލާމަތީ ފިޔަވަޅުތައް ފޫއަޅުވައިލައިގެން ޔަހޫދީ ފައުޖުން މިހާތަނަށް ދިން އެންމެ ބޮޑު އަދި ނުރައްކާތެރި ހަމަލާގެ ގޮތުގައި އެ ޖަމާއަތުން ސިފަ ކުރެއެވެ.
މި މައްސަލައާއި ގުޅިގެން ސަލާމަތީ ދާއިރާގެ މާހިރުން ބުނީ ޔަހޫދީން ގޮވާތަކެތި ހަރުކޮށްފައިވާ ޕޭޖަރުތައް ގޮއްވައިލައިގެން ދީފައިވާ ހަމަލާއަކީ އެތަކެއް ދުވަހެއްގެ ރޭވުންތެރިކަމުގެ ދަށުން ޔަހޫދީން ދީފައިވާ ހަމަލާއެއް ކަމުގައެވެ.
ޕޭޖަރުތައް ގޮއްވައިލައިގެން ޔަހޫދީ ފައުޖުން ދީފައިވާ ނުރައްކާތެރި މި ހަމަލާގެ ބަދަލު ހިފާނެ ކަމަށް ޙިޒްބުالله އިން ވަނީ ޔަހޫދީންނަށް ވަރުގަދަ އިންޒާރެއް ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު