ނިރުބަވެރި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ މަރާލަން ރޭވި ކަމަށް ބުނާ ރައްޔިތަކު އިސްރާއީލުން ހައްޔަރުކޮށްފިއެވެ.

އިސްރާއީލުން ހައްޔަރު ކުރި މޮރްޑެކައި މާމަން ނަމަކަށް ކިޔާ މި މީހާ ވަނީ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ހިމެނޭ ގޮތަށް އެގައުމުގެ އިސް އޮފިޝަލުންތަކެއް މަރާލުމަށް ރާވާފައި ކަމަށް އިސްރާއީލުން ތުހުމަތު ކުރެއެވެ.

އީރާނުން ރެކްރޫޓް ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މި މީހާ އަކީ އިސްރާއީލަށް ނިސްބަތްވާ މީހެއް ކަމަށް އެގައުމުގެ މީޑިޔާތަކުން ރިޕޯޓްކުރެއެވެ. އޭނާ ދެ ފަހަރެއްގެ މަތިން އީރާނަށް ގޮސްފައިވާ ކަމަށާއި އެ ދެފަހަރުވެސް މި މިޝަން ހިންގަން އީރާނުން އޭނާ އަށް ފައިސާ ދީފައިވާ ކަމަށް އިސްރާއީލުގެ ޝިން ބެޓް ޑޮމެސްޓިކް ސެކިއުރިޓީ ސާވިސްއާ އިސްރާއީލް ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

މި މައްސަލައިގައި ހައްޔަރު ކުރި މީހާގެ މިޝަން އަކީ ބޮޑުވަޒީރު ނަތަންޔާހޫ އާއި ޑިފެންސް މިނިސްޓަރު ޔޯއަވް ގަލަންޓް އަދި ޝިން ބެޓްގެ ވެރިޔާ ރޮނެން ބާ މަރާލުން ކަމަށް އެ ބަޔާނުގައިވެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި މޮރްޑެކައި މާމަން ބަންދުގައި ހުރީ އޮގަސްޓް 29 ވަނަ ދުވަހުން ފެށިގެންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން