މަރްޔަމް ނަހްދާ ވަޙީދު   21 ސެޕްޓެމްބަރު 2024 - 0:39
ޖުމްހޫރީ މޭވާއަކީ ވަރަށް ފައިދާހުރި އެއްޗެއް- ގޫގުލް އިމޭޖެސް
ޖުމްހޫރީ މޭވާއަކީ ވަރަށް ފައިދާހުރި އެއްޗެއް- ގޫގުލް އިމޭޖެސް
ޖުމުހޫރީމޭވާ ނުވަތަ ފެޝަން ފުރުޓަކީ ގިނަ ބަޔަކަށް ކަމުދާ އަދި ދިވެހިންގެ ތެރޭގައި ވަރަށް މަގުބޫލު މޭވާއެކެވެ. މިއީ ދިވެހި ފަސްގަނޑުގައިވެސް ހައްދައިއުޅޭ މޭވާއަކަށްވީއިރު މިއީ ހުހައް ކާންވެސް އަދި ޖޫހުގެ ގޮތުގައިވެސް ބޭނުން ކުރާ އެއްޗެކެވެ. އެތައް ބަޔަކަށް ކަމުދާ މި މޭވާއަކީ އަޅުގަނޑުމެންގެ ހަށިގަނޑަށްވެސް ގިނަ ފައިދާތަކެއް ލިބިދޭ މޭވާއެކެވެ. އެހެންކަމުން މިފަހަރު މި ހިމަނާލަނީ ޖުމުހުރީ މޭވާ ބޭނުން ކުރުމުން ހަންގަނޑަށް ލިބޭ ބައެއް ފައިދާތަކެވެ.

ހައިޑްރޭޓު ކޮށްދޭ

ހަންގަނޑު ރީތިކޮށް ބަހައްޓަން ބޭނުންނަމަ ހަށިގަނޑަށް ބޭނުންވާ ވަރަށް ފެން ލިބި މީހާ ރަނގަޅަށް ހައިޑްރޭޓު ވުމަކީ ވަރަށް މުހިންމު ކަމެކެވެ. ޖުމުހޫރީ މޭވާ އަކީ ފެން ހިފަހައްޓަދޭފަދަ މާއްދާތަކެއް އެކުލެވިގެންވާ މޭވާއެއް ކަމުން މި ބޭނުން ކުރުމުން މީހާ ރަނގަޅަށް ހައިޑްރޭޓުވެއެވެ. އަދި އޭގެ ސަބަބުން ހަންގަނޑު މޮއިސްޗަރައިޒުވެ ހަންގަނޑު މަޑުވެ ރީތިވެގެން ދެއެވެ.

ބިހި ނެގުން ހުއްޓުވައިދޭ



ޖުމުހޫރީ މޭވާ އަކީ ގިނަ އަދަދަކަށް އިންފްލެމޭޓަރީ ޕްރޮޕަޓީތައް އެކުލެވިގެންވާ އެއްޗެކެވެ. އެހެންކަމުން މި ބޭނުން ކުރުމުން މޫނު ދުޅަވުން ކުޑަކޮށްދީ، ހަންގަނޑު ރަތްވުން ކުޑަކޮށްްދީ، ހަންގަނޑުގައި ތެޔޮ އުފެދުން ހުއްޓުވައިދެއެވެ. އަދި އޭގެ ސަބަބުން ހަންގަނޑުގައި ޖަރާސީމު ހަރުލާފައި ހުރުން ހުއްޓި، މޫނުގައި ބިހި ނެގުންވެސް ހުއްޓެއެވެ.

އިރުގެ ދޯދިން ރައްކާތެރި ކޮށްދޭ

ޖުމުހުރީ މޭވާ އަކީ އޭގައި ގިނަ އަދަދަކަށް ވިޓަމިން ސީ އެކުލެވިގެންވާ އެއްޗެކެވެ. އެހެންކަމުން މި ބޭނުން ކުރުމުން ގުދުރަތީ ސަންސްކްރީން އެއްގެ ގޮތުގައި މަސައްކަތް ކޮށް އިރުގެ ނުރައްކާތެރި ދޯދިތަކުން މީހާގެ ހަންގަނޑު ރައްކާތެރި ކޮށްދެއެވެ.

މުސްކުޅިވުމުގެ އަލާމާތްތައް ހުއްޓުވައިދޭ



ޖުމުހުރީ މޭވާއަކީ އޭގައި ގިނަ އަދަދަކަށް އެންޓި-އޮކްސިޑެންޓުތައް އެކުލެވިގެންވާ އެއްޗެކެވެ. އެހެންކަމުން މި ބޭނުން ކުރުމުން ޕްރީ ރެޑިކަލްތައް ނިއުޓްރަލައިޒު ކޮށްދީ އޭގެ ސަބަބުން މީހާ އޮކްސިޑޭޓިވް ސްޓްރެސް އާ ދުރުކޮށްދެއެވެ. އަދި އޭގެ ސަބަބުން މުސްކުޅިވުމުގެ އަލާމާތްތަކުން މީހާ ދުރުކޮށްދީ، މޫނުގެ ހަންގަނޑު ރީތިވެ ތާޒާވެއެވެ.

މަސްދަރު: ލައިވްމިންޓު.ކޮމ


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން