ޣައްޒާގައި ހިނގާ ހަބަރުތައް ވަގުތުން ވަގުތަށް ގެނެސްދިނުމުގައި އެންމެ ކުރީގައި ހަރަކާތްތެރިވާ އަލް ޖަޒީރާގެ އޮފީސް، ޔަހޫދީ އިސްރާއީލުން ބަންދުކޮށްފިއެވެ.
އިސްރާއީލުގެ ސިފައިން ހިފާފައިވާ ހުޅަނގު އައްސޭރީގައި ހުންނަ އަލްޖަޒީރާގެ އޮފީހަށް ހުކުރު ދުވަހު ވަދެ 45 ދުވަހުގެ މުއްދަތަށް ބަންދު ކުރުމުގެ އަމުރެއް ނެރެފައިވާ ކަމަށް ބޭރުގެ މީޑިޔާތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ.
"އަލްޖަޒީރާ 45 ދުވަހަށް ބަންދު ކުރުމަށް ކޯޓުގެ އަމުރެއް އެބައޮތް،" އަލްޖަޒީރާގެ ހުޅަނގު އައްސޭރީގެ ބިއުރޯގެ ވެރިޔާ ވަލީދު އަލް އުމަރީއަށް އިސްރާއީލުގެ ސިފައިންގެ މީހަކު ބުންޏެވެ.
“އަހަރެން އެދެނީ ހުރިހާ ކެމެރާއެއް ހިފައިގެން މިވަގުތު އޮފީހުން ނުކުތުމަށް” ސިފައިންގެ މީހާ ބުންޏެވެ.
އަލްއުމާރީއާ ހަވާލާދީ ބޭރުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އިސްރާއީލު ސިފައިން ޓްރަކެއް ގެނައީ ލިޔެކިޔުންތަކާއި އާލާތްތަކާއި އޮފީސް މުދާ އަތުލުމަށެވެ.
އަލްޖަޒީރާގެ އޮފީސް ބަންދު ކުރުމުގެ އަމުރު ނެރުނު ސަބަބެއް ހާމަކޮށްފައި ނުވާ ކަމަށް އެ ނޫސް އެޖެންސީން ވަނީ ބުނެފައެވެ.
މި ދަނޑިވަޅަކީ ލެބަނާނުގެ ވަރުގަދަ ހަމަލާތަކެއް އިސްރާއީލާ ދިމާލަށް އަމާޒުވަމުންދާ ދަނޑިވަޅެއްކަން ފާހަގަ ކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު