ސްރީލަންކާގައި އިއްޔެ ބޭއްވި ރިޔާސީ އިންތިހާބުގައި މިހާތަނަށް ގުނި ވޯޓުތަކުން ސްރީލަންކާގެ ނެޝެނަލް ޕީޕަލްސް ޕަވާގެ ކެނޑިޑޭޓް އަނޫރާ ކުމާރާ ޑިސެނަޔެކަ ބޮޑުތަފާތަކުން ކުރީގައި އުޅޭކަން ވަގުތީ ނަތީޖާތަކުން ދައްކައިފިއެވެ.
މިހާތަނަށް ގުނި ވޯޓުގެ ނަތީޖާތަކުން ދައްކާގޮތުން އަނޫރާއަށް ވަނީ 1.3 މިލިއަން ވޯޓު ލިބިފަ އެވެ. އެއީ 45 ޕަސެންޓް ވޯޓެވެ.
އަނޫރާއާ އެންމެ ކައިރިން ވާދަކޮށްފައިވަނީ ސަޖިތު ޕްރޭމަދާސާ އެވެ. އެއީ 29 ޕަސެންޓް ވޯޓާއެކުއެވެ.
މި ފަހަރުގެ އިންތިހާބުގައި 38 ކެންޑިޑޭޓުން ވާދަކުރެއްވި އިރު ލަންކާގެ ސިޔާސީ މަސްރަހުގައި ބާރުގަދަ އަދި ކުރިން ވެރިކަން ކުރެއްވި ރާޖަޕަކްސާގެ އާއިލާއިން ވާދަކުރެއްވި ނަމާލް ރާޖަޕަކްސާއަށް އަދި ލިބިވަޑައިގެންނެވީ އެންމެ އެއް ޕަސެންޓް އެވެ.
މިއީ ލަންކާއަށް ކުރިމަތިވި އިގުތިސާދީ ކާރިސާއަށް ފަހު އެ ގައުމުގައި ބޭއްވި ރިޔާސީ ފުރަތަމަ އިންތިހާބެވެ.
އެހެންވެ މި ފަހަރު ގިނަ ބަޔަކު ވޯޓުލިއިރު ކުރިން ސިޔާސީ މަޝްރަހުގައި ބާރުގަދަ ފަރާތްތަކަށް ރައްޔިތުން ވަނީ ބޮޑުތަނުން ނޫނެކޭ ބުނެފަ އެވެ.
އަނޫރާއަކީ ސްރީލަންކާގެ ޕާލިމެންޓްގައި ވެސް އެންމެ ދެތިން ގޮނޑި ހިއްސާ ކުރާ އެންމެ ކުޑަ އެއް ޕާޓީގެ ލީޑަރެވެ.
އަނޫރާ އިންތިހާބު ކާމިޔާބު ކުރައްވާނެކަން ކަށަވަރުކޮށް ލަންކާގެ ސިޔާސީ ބޭފުޅުން މިހާރު ވަނީ އޭނާއަށް މަރުހަބާވެސް ކިޔައިފަ އެވެ.

ކިޔުންތެރިންގެ ހިޔާލު