ކ. ކާށިދޫގައި ފުލުހަކު މަރާލުމުން ކ. ކާށިދޫ ސުވާސާގޭ ސަމާހަށް އިއްވި މަރުގެ ޙުކުމް އަލުން ބަލަން ސުޕްރީމް ކޯޓުން މިއަދު އަމުރުކޮށްފިއެވެ.
ސުޕްރީމް ކޯޓުން ކްރިމިނަލް ކޯޓަށް މިގޮތަށް މިއަދު އަންގާފައިވާއިރު ކ. ކާށިދޫގައި 2012 ޖުލައި 23 ވަނަ ދުވަހު ފުލުހުންގެ ޑިއުޓީއަށް ކޯޕްރަލް އާދަމް ހަލީމް ދަނިކޮށް އޭނާއަށް ވަޅިއަކުން ހަމަލާދީ މަރާލި މައްސަލާގައި ސަމާހަށް އިއްވާފައިވާ މަރުގެ ޙުކުމަށް 12 އަހަރު ވަނީ ވެފައެވެ.
މި މައްސަލާގައި ސަމާހު މެރުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމަށް ހައި ކޯޓުން ތާޢީދު ކޮށްފައިވާތީ ސުޕްރީމް ކޯޓުގައި މި މައްސަލަ އިސްތިއުނާފްކުރީ ސަމާހުގެ ފަރާތުންނެވެ.
ސުޕްރީމް ކޯޓުގައި މީގެ ކުރިން ބޭއްވި މައްސަލައިގެ އަޑުއެހުމުގައި ސަމާހުގެ ވަކީލު ވިދާޅުވީ، ކްރިމިނަލް ކޯޓުން ސަމާހުގެ މައްޗަށް ޙުކުމް ކޮށްފައިވަނީ އޭނާގެ އިއުތިރާފަށް ބަލައިގެން ކަމަށާއި، ނަމަވެސް 12 ނޮވެމްބަރު 2012 ގައި އޭނާ ވަނީ އިޢުތިރާފުން ރުޖޫޢަވެފައި ކަމަށެވެ.
ސަމާޙު މައްސަލައަށް އިޢުތިރާފުވީ އޭނާއަށް އަނިޔާކޮށް ނަފްސާނީގޮތުން ބަލިކުރުމަށްފަހު އޭނާގެ ދައްތަ ހައްޔަރު ކުރުން ނޫން ގޮތެއް ނެތްކަމަށް ފުލުހުން އޭނާއަށް އަޑުއިވޭވަރަށް ބުނުމުން ކަމަށް ސަމާޙުގެ ވަކީލު ވިދާޅުވެފައިވެއެވެ.
ނަމަވެސް، އެކަމަށް ރިއާޔަތް ކުރުމެއް ނެތި އޭނާގެ މައްޗަށް ޤަސްދު މަރުގެ ޙުކުމް ކޮށްފައިވަނީ ރަނގަޅަކަށް ނޫން ކަމަށް ސަމާޙުގެ ވަކީލު ފާހަގަ ކުރެއްވިއެވެ.
މައްސަލާގައި މިއަދު ސުޕްރީމް ކޯޓުން އިއްވެވި ޙުކުމުގައި ފަނޑިޔާރު ޙުސްނުއް ސުޢޫދު ވިދާޅުވީ ހައްދުގެ މައްސަލަތަކުގައި މީހެއްގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ނިންމޭނީ އެ މީހަކު ދައްކާ ވާހަކަތައް އެއްވެސް ޝައްކެއް ނެތް މިންވަރަށް ކަށަވަރު ކުރުމަށްފަހު ކަމަށެވެ.
ނަމަވެސް ސަމާހުގެ ވާހަކަތަކުން އޭނާ އާދަމް ޙަލީމަށް ހަމަލާދިން ކަމަށް އެއްބަސްވި ނަމަވެސް ހަމަލާދިނީ ގަސްދުގައި މީހަކު މެރުމުގެ ނިޔަތުގައި ނޫންކަން އެނގޭ ކަމަށް ހުކުމުގައިވެ އެވެ.
“ޝަރީއަތުގެ މަޖިލީހުގައި ސަމާހު ދީފައިވާ ބަޔާނުގައި ޤަސްދުގައި މީހަކު މެރި ކަމަށް އިންކާރު ކުރޭ. އޭނާގެ މައްޗަށް ޕްރޮސެކިއުޝަނުން ދައުވާ ކޮށްފައިވާ ކުށް ކަމަށް ޤަޞްދު މަރުގެ ކުށަށް އެ ބަޔާނުގައި އިންކާރު ކޮށްފައިވޭ.” ހުކުމްގައި ވެއެވެ.
ސުޢޫދު ވިދާޅުވީ، މި މައްސަލައިގައި ހަމައެކަނި ސަމާޙުގެ އިއުތިރާފު ބަޔާނުގެ މައްޗަށް ބިނާކޮށް ތަހުގީގުންނާއި ޝަރީއަތުން ބަރޯސާވުމުގެ އާޚިރު ނަތީޖާއަކީ ފަހުގެ މަރުހަލާ ތަކުގައި ސަމާހު މުޅި ބަޔާނަށް އިންކާރުކޮށް، ކުށްކުރި ތަނުގައި އެގަޑީގައި އޭނާ ނުވެސް ނެތް ކަމަށް ބުނުން ކަމަށާއި، އަދި އިއުތިރާފު ބަޔާން ކަށަވަރުކޮށްދޭ އަދި ނަފީކޮށްދޭ މިނިވަން ހެއްކެއް ނުވަތަ ގަރީނާއެއް ޝަރިއަތުގެ ކުރިމަތީގައި މިއަދު ނެތުން ކަމަށެވެ.
އެހެންކަމުން މި މައްސަލާގައި ފުލުހުންނާއި ޕްރޮސިކިއުޝަނުންނާއި ދަށުކޯޓުން ޢަމަލުކޮށްފައިވަނީ ޖިނާއީ ތަހުގީގާއި ޖިނާއީ ޝަރިއަތްކުރަންޖެހޭ ގޮތެއްވެސް ނޫންކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.
އެހެންކަމުން އެ މައްސަލަ އަލުން ބަލަން ކްރިމިނަލް ކޯޓަށް ފޮނުވަން ޖެހޭ ކަމަށް ފަނޑިޔާރު ހުސްނުއްސުއޫދާއި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދުގެ އިތުރުން ފަނޑިޔާރު މަހާޒް އަލީ ޒާހިރު އަދި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމެގެ އިއްތިފާގުން ކުރެއްވި ހުކުމުގައި ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު