މަރްޔަމް ނަހްދާ ވަޙީދު   28 ސެޕްޓެމްބަރު 2024 - 0:38
ލޮނުމެދު ތެލުން އިސްތަށިގަނޑަށް ގިނަ ފައިދާތަކެއް ލިބޭ- ގޫގުލް އިމޭޖެސް
ލޮނުމެދު ތެލުން އިސްތަށިގަނޑަށް ގިނަ ފައިދާތަކެއް ލިބޭ- ގޫގުލް އިމޭޖެސް
އިސްތަށިގަނޑު ވަރުގަދަކޮށް ރީތިކޮށް ބަހައްޓަން ވަރަށް ގިނަ ބަޔަކު ބޭނުންވެއެވެ. ޚައްސަކޮށް ޒުވާން އުމުރުގައި ރީތި އިސްތަށިގަނޑެއްގެ ވެރިއަކަށްވުމީ ވަރަށް ގިނަ އައިބުތައް ފިލުވައިދޭ ވެސް ކަމެކެވެ. އިސްތަށި ފައިބާ، އިސްތަށިގަނޑު ކުރަކިވުމަކީ އަޅުގަނޑުމެންގެ ތެރެއިން ގިނަ ބަޔަކު ކަންބޮޑުވުން ފާޅު ކުރާ ކަންކަމެވެ. އިސްތަށިގަނޑު ވަރުގަދަކުރުމަށްޓަކައި އަޅުގަނޑުމެން އެކި ގޮތްތައް ހިޔާރު ކުރެއެވެ. ފާޑުފާޑުގެ ތެލާއި ކްރީމާއި ޖެލާއި ސްޕްރޭތައް ވެސް ބޭނުންކުރެއެވެ. ލޮނުމެދު ތެލަކީވެސް މިކަމުގައި ބޭނުން ކުރެވިދާނެ، އަދި އަޅުގަނޑުމެންނަށް ފަސޭހަކަމާއެކު ތައްޔާރުވެސް ކުރެވޭނެ އެއްޗެކެވެ.

ލޮނުމެދަކީ އިސްތަށިގަނޑަށް ވަރަށް ގިނަގުނަ ފައިދާތަކެއް ލިއްބައިދޭ އެއްޗެއް ކަމަށްވީއިރު، ލޮނުމެދު ތެޔޮ ބޭނުން ކުރުމުން އިސްތަށިގަނޑަށް ދިމާވާ ވަރަށް ގިނަ މައްސަލަތައް ހައްލުވެއެވެ. ތިރީގައި މި ހިމަނާލަނީ ލޮނުމެދު ތެޔޮ ބޭނުން ކުރުމުން އިސްތަށިގަނޑަށް ލިބޭ ބައެއް ފައިދާތަކެވެ.

އިސްތަށި ދިގުވުން:

ލޮނުމެދަކީ އޭގައި ގިނަ އަދަދަކަށް ސަލްފާ އެކުލެވޭ އެއްޗެއް ކަމުން މި ބޭނުން ކުރުމުން ހަށިގަނޑުގައި ކޮލަޖެން އުފައްދައިދޭ ވަރު އިތުރުވެއެވެ. މީގެ އިތުރުން ލޮނުމެދު ތެޔޮ އުނގުޅުމުން ބޮލުގެ ހަންގަނޑުގައި ލޭދައުރުވާ ގޮތް ރަނގަޅުވެ، އޭގެ ސަބަބުން އިސްތަށީގެ ފޮލިކަލްތަކަށް ބޭނުންވާ ވަރަށް މިނެރަލް ލިބި، އޭގެ ސަބަބުން އިސްތަށިގަނޑު ދިގުވެ ވަރުގަދަ ވެގެން ދެއެވެ.

އިސްތަށި ވަރުގަދަވުން:



ލޮނުމެދު ތެލުގައި ހިމެނޭ މާއްދާތަކުގެ ސަބަބުން މި ތެޔޮ އުނގުޅުމުން އިސްތަށިތައް ކުރަކިވުން ހުއްޓުވައިދެއެވެ. އަދި އޭގެ ސަބަބުން އިސްތަށިގަނޑުގެ ކޮޅު ހަލާކުވުމާއި އިސްތަށިތައް ބުރިވުން ހުއްޓުވައިދީ، އިސްތަށިގަނޑު ވަރަށް ބޮަޑަށް ވަރުގަދަ ކޮށްދެއެވެ.

ބޮލުގެ ހަންގަނޑުގެ ސިއްހަތު ރަނގަޅު ކޮށްދޭ:

ލޮނުމެދު ތެލަކީ އޭގައި އެންޓި ބެކްޓީރިއަލް ޕްރޮޕަޓީތައް ހިމެނޭ އެއްޗެއް ކަމުން މި ބޭނުން ކުރުމުން ބޮލުގެ ހަންގަނޑުގައި ޖަރާސީމު އުފެދުން ހުއްޓުވައިދީ، ހަންފޮޅުން ފަދަ މައްސަލަތައް ހުއްޓުވައިދެއެވެ. އަދި ބޮލުގެ ހަމުގެ ސިއްހަތު ރަނގަޅު ކޮށްދީ، އިސްތަށިގަނޑުވެސް ވަރުގަދަ ކޮށްދެއެވެ.

ލޮނުމެދު ތެޔޮ ގޭގައި ތައްޔާރު ކުރާނީ ކިހިނެއް؟



ލޮނުމެދު ތެލަކީ ގޭގައި ވަރަށް ފަސޭހަކަމާއެކު ތައްޔާރު ކުރެވޭނެ އެއްޗެކެވެ. މި ތައްޔާރު ކުރުމަށްޓަކައި އެންމެ ފުރަތަމަ މަތި ޖެހި އެއްޗަކަށް އެމީހަކަށް އެންމެ ކަމުދާ ކަހަލަ ތެލެއް އަޅާލާނީއެވެ. އެގޮތުން ކާށި ތެޔޮ، ނުވަތަ ޒައިތޫނި ތެޔޮ ފަދަ ތެލެއް ބޭނުން ކުރެވިދާނެއެވެ. އަދި އޭގެ ތެރެއަށް ލޮނުމެދު އަރިތައް ޗަސްކޮށްލާފައި އެޅުމަށްފަހު، މަތި ޖަހާފައި ހަފްތާއެއް ވަންދެން ބަހައްޓާނީއެވެ. މިހެން ހަދަނީ ލޮނުމެދުގައި ހުންނަ މާއްދާތައް ރަނގަޅަށް ތެލާއި އެކުވުމަށް ވަގުތު ދިނުމަށެވެ.

ހަފްތާއެއް ވުމުން މި ތެޔޮ ބޭނުން ކުރެވޭނެއެވެ. އެގޮތުން ތެޔޮ ބޮލުގައި އުނގުޅާލުމަށްފަހު ބޮލުގެ ހަންގަނޑު ރަނގަޅަށް މަސާޖު ކޮށްފައި 30 މިނެޓު ބަަހައްޓާނީއެވެ. އަދި 30 މިނެޓު ވުމުން ކުޑަ ޝޭމްޕޫ ކޮޅެއް ލައިގެން ދޮވެލާނީއެވެ.

މަސްދަރު: ޓައިމްސް އޮފް އިންޑިއާ


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން