އިސްރާއީލުން ލުބުނާނުގެ ވެރިރަށް ބެއިރޫތަށް ދިން ހަމަލާގައި ހިޒްބުﷲގެ ސެކެޓްރީ ޖެނެރަލް އަދި ލީޑަރު ހަސަން ނަސްރަﷲ އަވަހާރަވެފައިވާކަން އެ ޖަމާއަތުން ކަށަވަރުކޮށްދީފިއެވެ.

ލުބުނާނުގެ ޖަމާއަތުން ނެރުނު ބަޔާނެއްގައި އެ ޖަމާއަތުގެ ލީޑަރު ހަސަން ނަސްރުالله އިއްޔެ އަވަހާރަކޮށްލާފައިވާ ކަމަށް އިސްރާއީލުން ބުނާ ވާހަކަތައް ވަނީ ކަށަވަރުކޮށްދީފަ އެވެ.

އިޒްރޭލުގެ އަސްކަރިއްޔާއިން މިއަދު ބުނީ ހުކުރު ދުވަހުގެ ރޭ ބެއިރޫތަށް ވަރުގަދަ ހަމަލާއެއް ދިން އިރު، ނަސްރަالله އަވަހާރަވީ އެ ހަމަލާގައި ކަމަށެވެ.

މިއީ ޣައްޒާ - އިޒްރޭލު ހަނގުރާމަ ފެށުނު ފަހުން ޣައްޒާގެ މިނިވަން ކަމަށް މަސައްކަތްކުރަމުންދާ އިސް ޖަމާއަތްތަކުގެ ލީޑަރުން ޔަހޫދީން އަވަހާރަކޮށްލި ދެވަނަ ފަހަރު ކަން ފާހަގަކޮށްލެވެއެވެ. ޔަހޫދީން ވަނީ މިދިޔަ ޖުލައި މަހު ހަމާސްގެ ލީޑަރު އިސްމާއީލް ހަނިއްޔާ ވެސް އީރާނުގައި ހުންނަވަނިކޮށް އަވަހާރަކޮށްލާފައެެވެ.

2006 ވަނަ އަހަރު ލުބުނާނުގެ ހަނގުރާމައިގައި އިޒްރޭލުން ވަނީ ނަސްރަالله އަވަހާރަކޮށްލަން ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އެހެން ނަމަވެސް އިޒްރޭލަަށް އެކަން ކާމިޔާބު ނުވީއެވެ.

ފާއިތުވި 18 އަހަރުގެ ތެރޭގައި ނަސްރުالله ވަނީ ހިޒްބުالله ގެ ތަސައްވުރު ކުރިއަރުވައި، އެ ޖަމާއަތުގެ އަސްކަރިއްޔާ ފުޅާކޮށް، އުމްރާނީ ވަސީލަތްތައް ބިނާކޮށް، އެ ޖަމާއަތުގެ ހަތިޔާރު ވަރަށް ބޮޑަށް ފުޅާކުރަށްވާފަ އެވެ.

ހިޒުބުﷲ ލީޑަރު ކަމާއި ނަސްރު ﷲ ހަވާލުވެވަޑައިގަތީ 1992 ވަނަ އަހަރު އޭރުގެ ހިޒްބުﷲ ލީޑަރު، އައްބާސް އަލް މުސާވީ އަވަހާރަކޮށްލުމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން