ސްޓެލްކޯ މުވައްޒަފަކާ ފުލުހަކު ވެގެން އުސްފަސްގަނޑާ ދިމާއިން މަރުވި މީހާ އެއްގަމަށް އަރުވަން މަސައްކަތްކުރަނީ--
ސްޓެލްކޯ މުވައްޒަފަކާ ފުލުހަކު ވެގެން އުސްފަސްގަނޑާ ދިމާއިން މަރުވި މީހާ އެއްގަމަށް އަރުވަން މަސައްކަތްކުރަނީ--
އުސްފަސްގަނޑާ ދިމާއިން ކަނޑުގައި މަރުވެފައި އޮއްވާ މިއަދު ފެނުނު މީހާ ސަލާމަތްކުރަން އުޅުނު ސްޓެލްކޯގެ މުވައްޒަފަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޙުސައިން ފަހުމީ ތައުރީފްކުރައްވައިފިއެވެ.

މަރުވެފައި އޮއްވާ ފެނުނީ ހ. ވެލަސްފަރުގޭ، އިބްރާހިމް ޖައުހަރީ (62އ) އެވެ.

ޖައުހަރީ މޫދުން ނަގައިގެން އެއްގަމަށް އަރުވަން އުޅޭ މަންޒަރު ފެންނަ ވީޑިއޯއެއް ވެސް އާންމުކުރައްވައި ސްޓެލްކޯގެ އެމްޑީ އެކްސްގައި ވިދާޅުވީ ޖައުހަރީއަކީ ކުރިން ސްޓެލްކޯގައި މަސައްކަތް ކުރި މުވައްޒަފެއް ކަމަށެވެ. އަދި ޖައުހަރީ ގެނބެނިކޮށް އޭނާ ސަލާމަތްކުރަން ސްޓެލްކޯގެ މުވައްޒަފަކު ވެސް މަސައްކަތްކުރި ކަމަށެވެ.

ނަމަވެސް އޭނާގެ ގަދަ ހިތްވަރާއެކު ވެސް ޖައުހަރީ ސަލާމަތް ނުކުރެވުނު ކަަމަށް އެމްޑީ ވިދާޅުވި އެވެ.

އެމްޑީ ވަނީ ޖައުހަރީ ސަލާމަތް ކުރުމަށް ސްޓެލްކޯގެ މުވައްޒަފާއި ފުލުސް އޮފިސަރަކު ކުރި މަސައްކަތަށް ވަރަށް ބޮޑަށް ތައުރީފްވެސް ކުރައްވައިފަ އެވެ.

ފުލުހުން ބުނީ ޖައުހަރީގެ ހަށިގަނޑު ފެނުމާއެކު އައިޖީއެމްއެޗަށް ގެންދިޔަ ކަމަށެވެ. އަދި ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް އޭނާ ނިޔާވެފައިވާކަމަށް ހޮސްޕިޓަލުން މައުލޫމާތު ދިން ކަަމށް ފުލުހުން ބުނެފައިވެއެވެ.

ޖޯރޭގެ ނަމުގައި މަޝްހޫރު ޖައުހަރީއަކީ ދިވެހިރާއްޖޭގެ ސިޔާސީ އިސްލާހީ ހަރަކާތުގައި އުޅުނު މީހެކެވެ. އަދި އެމްޑީޕީން ބޭއްވި އެކި ހަރަކާތްތަކުގައި ފޮޓޯ ނަގައި އުޅުނު މީހެކެވެ. އަދި އޭނާއަކީ ނޫސްވެރިއެއްގެ ގޮތުގައި ވެސް ފެނިފައިވާ މީހެކެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން