މަރްޔަމް ނަހްދާ ވަޙީދު   1 އޮކްޓޯބަރު 2024 - 0:6
ބައިވެރިޔާ ރުއްސޭނީ އޭނާއަކީ ތިބާގެ ދިރިއުޅުމުށް މުހިންމު މީހެއްކަން އޭނާއަށް އަންގަދިނުމުން- ގޫގުލް އިމޭޖެސް
ބައިވެރިޔާ ރުއްސޭނީ އޭނާއަކީ ތިބާގެ ދިރިއުޅުމުށް މުހިންމު މީހެއްކަން އޭނާއަށް އަންގަދިނުމުން- ގޫގުލް އިމޭޖެސް
ވަޒީފާގެ މާހައުލުގައި މާ ބިޒީ ވުމުގެ ސަބަބުން ނުވަތަ އެނޫންވެސް ސަބަބަކާ ހުރެ ތިބާ ލޯބިވާ ބައިވެރިޔާއަށް ވަގުތު ނުދެވޭ ނަމަ އެކަމުގެ ސަބަބުން ދެމީހުންގެ ދެމެދުގައި ކޯޅުންތައް ގިނަވެ، އަރައިރުންވާން ޖެހޭ ވަރު ގިނަވެއެވެ. އެއްވެސް ކަމަކާހުރެ ތިބާގެ ބައިވެރިޔާ ތިބާއަށް ރުޅިއައިސް ހުރެއްޖެނަމަ، އަވަހަށް އޭނާ ރުއްސާލަން ކޮންމެވެސް ކަމެއް ކުރަން ހަމަ ތިބާވެސް ބޭނުންވެއެވެ. އެހެންކަމުން މިފަހަރު މި ހިމަނާލަނީ ބައިވެރިޔާ ރުއްސުމަށް ކުރަންވީ ބައެއް ކަންކަމެވެ.

ދިގު މެސެޖެއް ފޮނުވުން

ތިބާގެ ބައިވެރިޔާ ކަމަކާ ހިތްހަމަނުޖެހިފައި ހުރިނަމަ އޭނާގެ ރުހުން ހޯދުމަށް ކުރެވޭނެ އެންމެ ފަސޭހަ އެއް ކަމަކީ އޭނާއަށް ދިގު މެސެޖެއް ފޮނުވާލުމެވެ. އެގޮތުން ތިބާގެ ހިޔާލުތަކާއި، އޭނާ ދެކެ ތިބާ ވާ ލޯތްބާއި، އަދި އޭނާ ރުޅިއައިސްހުރުމުން ކުރާ އަސަރު ބަޔާން ކޮށް މައާފަށް އެދި މެސެޖެއް ފޮނުވުމުން ތިބާގެ ބައިވެރިޔާއަށްވެސް އޭނާއަކީ ތިބާގެ ދިރިއުޅުމުގައި މުހިންމު، އަދި ހާއްސަ ޖާގައެއް ދެވިފައިވާ މީހެއް ކަން އިހުސާސް ކުރެވޭނެއެވެ. އަދި އޭގެ ސަބަބުން ދެމީހުންގެ ދެމެދުގައި އޮންނަ ރުޅިވެރިކަމެއް ގޮސް، ދެމީހުންގެ ގުޅުން އިތުރަށް ހަރުދަނާ ވާނެއެވެ.

ބައިވެރިޔާ އާ ބެހޭ ކަންތައް ހަނދާން ބެހެއްޓުން



ތިބާގެ ބައިވެރިޔާގެ ރުހުން ހޯދަން ބޭނުންނަމަ އޭނާއާ ގުޅުން ހުރި، އޭނާއަށް މުހިންމު ކަންތައްތައް ހަނދާން ބެހެއްޓުމަކީވެސް ވަރަށް މުހިންމު ކަމެކެވެ. މިސާލަކަށް ބައިވެރިޔާއަށް އެންމެ ކަމުދާ މަލާއި، ބައިވެރިޔާއަށް އެންމެ ކަމުދާ އައިސްކްރީމް އާއި އޭނާއަށް އެންމެ ކަމުދާ ސެންޓު ފަދަ އެއްޗިއްސަކީ ކޮބާކަން ދެނެގަނެ އެ އެއްޗިސް ހަނދާނުގައި ބަހައްޓަން ޖެހެއެވެ. އަދި ބައިވެރިޔާ ކަމަކާމެދު ހިތްހަމަ ނުޖެހިފައިވާނަމަ އޭނާއަށް ސަޕްރައިޒް އަކަށް މިއިން އެއްޗެއް ދިނުމުން، އޭނާއަށް އެކަން ފާހަގަ ކުރެވޭނެއެވެ. އަދި އޭނާއަކީ މުހިންމު މީހެއް ކަން އިހުސާސް ކުރެވި، ތިބާއާމެދު ދެކޭގޮތް ބަދަލުވެ، ދެމީހުންގެ ގުޅުން އިތުރަށް ހަރުދަނާ ވާނެއެެވެ.

ކަންކަމުގައި ހިތްވަރުދިނުން



ބައިވެރިޔާގެ ރުހުން ހޯދަން ބޭނުންވާނަމަ އޭނާއަކީ ތިބާގެ ހަޔާތުގައި މުހިންމު ޖާގައެއް ދެވިފައިވާ މީހެއްކަން ހާމަކޮށްދޭން ޖެހެއެވެ. އެގޮތުން އޭނާއަށް ތިބާގެ ހަޔާތުގެ އެކި ކަންތައްތައް ހިއްސާ ކޮށް، އޭނާގެ ދިރިއުޅުމުގައި ދިމާވާ ކަންތައްތައް ދެނެގަންނަން މަސައްކަތް ކުރަން ޖެހެއެވެ. އަދި އޭނާގެ ލަނޑުދަނޑިތައް ހާސިލު ކުރުމުގައި ހިތްވަރުދީ، އޭނާއާއެކު އަބަދުވެސް ހުންނަން ބޭނުންވާ ކަމުގެ ޔަގީންކަން ދޭން ޖެހެއެވެ. މިހެން ކަންތައް ކުރުމުން ދެމީހުންގެ ދެމެދުގައި އޮންނަ ޖަޒުބާތީ ގުޅުންވެސް އިތުރަށް ހަރުދަނާ ވާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން