ޓައިވާނަށް މިހާރު އަރާފައިވާ ބާރުގަދަ ތޫފާން ’ކްރެތޯން‘ އެގައުމުގެ 2.7 މިލިއަން މީހުން ދިރިއުޅޭ ޚާއޮސިއުންގް އަށް މިސްރާބުޖަހާފައިވާކަމަށް ރިޕޯޓްތައް ބުނެފިއެވެ.
ޓައިވާންގެ މޫސުމާ ބެހޭ އިދާރާއާ ހަވާލަދީ ބޭރުގެ ޚަބަރުފަތުރާ ވަސީލަތްތަކުން ރިޕޯޓްކުރާ ގޮތުގައި ތޫފާން ކްރެތޯން މިހާރު އޮތީ އެގައުމުގެ ހުޅަނގު ދެކުނުގެ ހިސާބެއްގައެވެ. އަދި ބެލެވޭ ގޮތުގައި ބުރާސްފަތި ދުވަހުގެ ވަގުތެއްގައި މި ތޫފާން ޚާއޮސިއުންގްގެ ހުޅަނގު ދެކުނު ސިޓީއެއް ކަމަށްވާ ކާއޯސިއުންގް އަށް އަރާނެ ކަމަށް ލަފާކުރެވެއެވެ.
ތޫފާން ކްރަތޯން އައުމުގެ ކުރިން ޓައިވާނުން ވަނީ އޮފީސްތަކާއި ސްކޫލްތައް ބަންދުކޮށް، އެތައް ހާސް ބަޔަކު ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކޮށް، ފްލައިޓްތަކާއި ފެރީގެ ޚިދުމަތްތައް ކެންސަލްކޮށްފައެވެ.
”ގަޑިއަކު 173 ކިލޯމީޓަރުގެ ބާރުމިނާއި ގަޑިއަކު 209 ކިލޯމީޓަރުގެ ބާރުމިނުގައި ވައިޖެހޭ ކްރަތޯން ބުރާސްފަތި ދުވަހުގެ ހެނދުނު ހުޅަނގު ދެކުނުގެ ބަނދަރު ސިޓީ ކައޯސިއުންގް އަށް އަރާނެ ކަމަށް ބެލެވެއެވެ.“ ރިޕޯޓްތައް ބުނެފައިވެއެވެ.
ޓައިވާންގެ ސެންޓްރަލް ވެދަރ އެޑްމިނިސްޓްރޭޝަނުން ބުނީ ބުދަ ދުވަހުގެ ހެނދުނު 7.00 (އަންގާރަ ދުވަހުގެ ޖީއެމްޓީ 23:00) އާ ހަމައަށް ކައޯސިއުންގްގެ ހުޅަނގު ދެކުނުން ގާތްގަނޑަކަށް 160 ކިލޯމީޓަރު (99 މޭލު) ދުރުގައި މި ތޫފާން އޮތް ކަމަށެވެ.
ކައޯސިއުންގްގެ މޭޔަރު ޗެން ޗި-މައި ވަނީ އެ ސިޓީގެ 2.7 މިލިއަން ރައްޔިތުންނަށް ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން ތިބުމަށް އެދިވަޑައިގެންފައެވެ.

ކިޔުންތެރިންގެ ހިޔާލު