މެކްސިކޯގެ ރައީސްކަމުގެ މަގާމުގެ ހުވާ ފުރަތަމަ ފަހަރަށް އަންހެންބޭފުޅަކު ކުރައްވައިފިއެވެ.
ޝެއިންބަމް މެކްސިކޯގެ ރައީސް ކަމުގެ މަގާމާ ހަވާލުވެވަޑައިގަތީ އެގައުމުގެ ކުރީގެ ރައީސް އަދި މޮރެނާ ޕާޓީގެ ގާތް އެކުވެރިޔާ އަންޑްރެސް މެނުއަލް ލޮޕޭޒް އޮބްރަޑޯއާ ވާދަކުރައްވައި އިންތިޚާބުގައި ކުރި ހޯއްދަވައިގެންނެވެ.
އުމުރުން 62 އަހަރުގެ ޝެއިންބަމް ހަ އަހަރުގެ ދައުރަށް އެގައުމުގެ ރައީސްގެ މަގާމުގައި ހުންނަވާނެއެވެ. މޫސުމާ ބެހޭ ސައިންސްވެރިޔާ އަދި މެކްސިކޯ ސިޓީގެ ކުރީގެ މޭޔަރު ރައީސްގެ މަގާމުގެ ހުވާ ކުރެއްވީ މަޖިލިސް މެމްބަރުންގެ ކުރިމަތީގައި އިއްޔެގެ ވަގުތެއްގައެވެ.
ޝެއިންބަމް ރައީސްގެ މަގާމާ ހަވާލުވެވަޑައިގަންނަވާ އިރު އޭނާގެ ޕާޓީއަކީ އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ދަށުގޭގައި ސުޕަރ މެޖޯރިޓީ ކޮންޓްރޯލް ހިފަހައްޓާ ޕާޓީއެވެ. އަދި ސެނެޓުގައި ވެސް އޭނާއަށް ތާއީދުކުރާ ގިނަ މެންބަރުންތަކެއް ތިބި އިރު މެކްސިކޯގައި އިންވެސްޓްމަންޓްތައް ރައްކާތެރިވާނެ ކަމަށް ސިޔާސީ ފަރާތްތަކުން ގެންދަވަނީ ބުނަމުންނެވެ.
މި ދަނޑިވަޅުގައި މެކްސިކޯގެ ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކަށް ވެފައިވަނީ އިންތިޚާބާއެކު އެގައުމުގެ އިގްތިސާދު ހިފެހެއްޓޭނޭ ކަމާ މެދުއެވެ. އާ ރައީސް އާއި އޭނާގެ ޕާޓީންވެސް ދަނީ އެކަމުގެ ޔަގީންކަން ރައްޔިތުންނަށް ދެމުންނެވެ. ނަމަވެސް އެކަން ދެމެހެއްޓުމަށް ގިނަ ގޮންޖެހުންތަކެއްވެސް ހުރިކަން ފާހަގަ ކުރެވެއެވެ.
މެކްސިކޯގެ އިގްތިސާދަށް އަސަރުކޮށްފާނޭ އެއް ކަމަކީ ނޮވެންބަރު މަހުގެ ފަސް ވަނަ ދުވަހު ބާއްވާ އެމެރިކާގެ ރިޔާސީ އިންތިޚާބު ކަމަށް އެގައުމުގެ ސިޔާސީ ފަރާތްތަކުން ދަނީ ބުނަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު