ނިރުބަވެރި އިސްރާއީލުން ދަނީ ހުއްޓުމެއްނެތި ލުބުނާނުގެ ބައިރޫތު، ޣައްޒާ އަދި ހިފާފައިވާ ހުޅަނގު އައްސޭރިއަށް ހަމަލާތައް ދެމުން ކަމަށް ބޭރުގެ މީޑިޔާ ރިޕޯޓްތައް ބުނެފިއެވެ.
ލުބުނާނުގެ ހެލްތު މިނިސްޓްރީން ރިޕޯޓްކުރާ ގޮތުގައި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އިސްރާއީލުން ދިން ހަމަލާތަކުގައި 37 މީހުން މަރުވެ 151 މީހުން ވަނީ ޒަޚަމްވެފައެވެ.
މީގެ އިތުރަށް އިސްރާއީލުން ވަނީ ހިފާފައިވާ ހުޅަނގު އައްސޭރީގައި އޮންނަ ޠޫލްކަރްމު ރެފިއުޖީ ކޭމްޕަށް ޖެޓް ފަޔަރ ހަމަލާއެއްވެސް ދީފައެވެ. މި ހަމަލާގައި އެކަނިވެސް ފަލަސްތީނުގެ 18 މީހަކު މަރުވެފައިވާ ކަމަށް އެގައުމުގެ އޮފިޝަލުންނާ ހަވާލަދީ މީޑިޔާ ތަކުން ރިޕޯޓް ކުރެއެވެ.
ފަލަސްތީނުގެ ރެފިއުޖީންގެ ކަންކަން މޮނިޓަރ ކުރާ އދ. ގެ ޖަމިއްޔާއިން ބުނާ ގޮތުގައި އދ. އިން ހިންގާ ތިން ސްކޫލަކަށް އިސްރާއީލުން ދިން ހަމަލާތަކުގައި 21 މީހުން މަރުވެފައިވާ ކަމަށެވެ.
ޣައްޒާގައި 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން އިސްރާއީލުން ދިން ހަމަލާތަކުގައި 41،788 މީހުން މަރުވެ 96،794 މީހުން ޒަޚަމްވެފައެވެ. އިސްރާއީލުގައި އޮކްޓޯބަރު ހަތް ވަނަ ދުވަހު ހަމާސް އިސްވެ އޮވެ ދިން ހަމަލާތަކުގައި މަދުވެގެން 1،139 މީހުން މަރުވެ 200 އަށް ވުރެ ގިނަ މީހުން ރަހީނުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު