މިނިވަންކަމާއި އިސްތިގުލާލު ގެއްލުވައިލަން ދޭ އެއްވެސް ހަމަލާއެއްގެ ރައްދުގައި ނިއުކްލިއާ ހަތިޔާރު ބޭނުންކުރަން ފަސްނުޖެހޭނެ ކަމުގެ އިންޒާރު އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން ދެއްވައިފިއެވެ.

ކިމް ޖޮންގް އުން ދެއްވި މި އިންޒާރުގައި ވިދާޅުވީ އުތުރު ކޮރެއާގެ ދުޝްމިނުން، އެގައުމުގެ މިނިވަންކަމަށް ހުރަސްއެޅޭ ފަދަ އެއްވެސް ކަމެއް ކޮށްފި ނަމަ އެއްވެސް ޖެހިލުމެއް ނެތި، ނިއުކްލިއާ ހަތިޔާރު ހިމެނޭ ގޮތަށް އަސްކަރީ ހުރިހާ ބާރެއް ބޭނުންކުރާނެ ކަމަށެވެ.

މި އިންޒާރު ކިމް ދީފައި ވަނީ އެމެރިކާއާ އެކު ދެކުނު ކޮރެއާ އިން އަސްކަރީ ބާރު ދައްކައިލުމުގެ ހަރަކާތެއް ބާއްވާފައިވަނިކޮށްކަން ފާހަގަ ކުރެވެއެވެ. އަދި އެ ހަރަކާތަށް ފަހު، ދެކުނު ކޮރެއާގެ ރައީސް ޔޫން ސުކް ވަނީ ނިއުކްލިއާ ހަތިޔާރު ބޭނުންކުރުމުގެ ވިސްނުން އުތުރު ކޮރެއާ އިން ދޫކޮށް ނުލައިފިނަމަ އޭގެ ރައްދު އެމެރިކާ އާ ގުޅިގެން ވަރުގަދައަށް ދޭނެ ކަމަށެވެ.

ދެކުނު ކޮރެއާ އަކީ އެމެރިކާގެ އަސްކަރީ ހިމާޔަތް ލިބިފައިވާ ގައުމަކަށް ވާއިރު އެ ގައުމަށް އެމެރިކާއިން ގާއިމުކޮށްފައިވާ އަސްކަރީ މަރުކަޒުގައި އެތައް ހާސް އެމެރިކާ ސިފައިން ތިބެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން