ވިއްސަކަށް ދުވަހުގެ ތެރޭގައި ފުލުހުން ހުޅުމާލޭގައި 6500އަށް ވުރެ ގިނަ އުޅަނދު ބަލައި ފާސްކޮށްފި އެވެ.
ފުލުހުން މިއަދު އާންމުކުރި ތަފާސް ހިސާބުތަކުގައި ބުނީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ހިންގާ އޮޕަރޭޝަންގެ ދަށުން އުޅަނދުތައް ބަލައި ފާސްކުރުމުގެ އޮޕަރޭޝަނެއް މިދިޔަ މަހުގެ 12 އިން 30އަށް ކުރިއަށް ގެންދިޔަ ކަމަށެވެ.
އެ އޮޕަރޭޝަންގެ ދަށުން ހުޅުމާލެއިން 5247 ސައިކަލާއި 1266 ކާރު ހުއްޓުވައި ބަލައިފާސްކުރި ކަމަށް ފުލުހުން ބުނެފައި ވެއެވެ.
އަދި އޭގެ ތެރެއިން ކާރު ދުއްވި 88 މީހުންނަށާއި ސައިކަލު ދުއްވި 394 ފަރާތަކަށް ފިޔަވަޅު އެޅި ކަމަށް ފުލުހުން ބުނެފައި ވެއެވެ.
އެ މުއްދަތުގެ ތެރޭގައި ލައިސެންސް ނެތި ސައިކަލު ދުއްވި 102 މީހަކާއި ލައިސެންސް ނެތި ކާރު ދުއްވި 10 މީހަކުގެ އަތުލައިގަތް ކަަމަށް ފުލުހުން ބުނެފައި ވެއެވެ.
ފުލުހުން އިތުރަށް ބުނީ އެ އޮޕަރޭޝަންގައި 20 އުޅަނދެއް ޓޯކުރި ކަމަށެވެ. އަދި ޓްރެފިކް ގަވައިދާ ހިލާފުވެގެން 34 ކާރަކާއި 148 ސައިކަލު ހިފެހެއްޓި ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު